ބިދޭސީ އަންހެނަކަށް ހަމަލާދިން މައްސަލައިގައި ބަންގްލަދޭޝްގެ މީހަކު ހައްޔަރުކޮށްފި

Advertisement

އެންމެ ފަސް

Advertisement

ހުޅުމާލެ ފިހާރަައެއްގައި މަސައްކަތްކުރާ ބިދޭސީ އަންހެނަކަށް ތޫނުއެއްޗަކުން ހަމަލާދިން މައްސަލައިގައި ބަންގްލަދޭޝް މީހަކު ހައްޔަރު ކޮށްފި އެވެ.

ހުޅުމާލެ ފޭސް1 ގައި ހުންނަ އޯސީސީ ފިހާރައިގައި މަސައްކަތްކުރާ ނޭޕާލްގެ 21 އަހަރުގެ އަންހެނަކަށް ހަމަލާދީފައިވަނީ މިއަދު މެންދުރު އެވެ.

ފުލުހުން މިރޭ ބުނެފައިވަނީ އެ މައްސަލައިގެ ތުހުމަތުގައި ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ 25 އަހަރުގެ ޖަހަންގިރް މިއާ މިއަދު ހަވީރުގެ ވަގުތެއްގައި ހައްޔަރުކޮށްފައިވާ ކަމަށެވެ.

މީހާ ހައްޔަރުކޮށްފައިވަނީ ސީސީޓީވީ ކެމެރާ ފުޓެޖް ބަލައިގެން އަދި އެހެނިހެން ގޮތްގޮތުން ތަހުގީގުގެ ތެރެއިން ކުރެވުނު މަސައްކަތުން މީހާ ދެނެގަނެ ލޮކޭޓްކޮށްގެން ކަމަށް ފުލުހުން ބުނެފައިވެ އެވެ. ބަންގްލަދޭޝްގެ މި މީހާ ހައްޔަރުކޮށްފައިވަނީ ހުޅުމާލެ ފޭސް2 އިން ކަމަށް ފުލުހުން މައުލޫމާތުދީފައިވެ އެވެ.

ފުލުހުން ބުނެފައިވަނީ މި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ހަމަލާދީފައިވަނީ އަންހެން މީހާގެ ކަރަށެވެ. އޭނާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދީފައިވާއިރު މިހާރު ސްޓޭބަލް ކަމަށް މައުލޫމާތުލިބެ އެވެ.

ދިވެހި ފުލުހުންގެ ޚިދުމަތް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ