ހުޅުމާލެ ފިހާރަައެއްގައި މަސައްކަތްކުރާ ބިދޭސީ އަންހެނަކަށް ތޫނުއެއްޗަކުން ހަމަލާދީފި އެވެ.
ފުލުހުން ބުނެފައިވަނީ، ތޫނުއެއްޗަކުން ހަމަލާދީ ޒަހަމުކޮށްލާފައިވާ މީހަކު ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާކަމުގެ މައުލޫމާތު މިއަދު 12:45 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
މި މާރާމާރީގައި އަނިޔާވެފައިވަނީ ހުޅުމާލެ ފޭސް1 ގައި ހުންނަ ފިހާރައެއްގައި މަސައްކަތްކުރާ ނޭޕާލްއަށް ނިސްބަތްވާ 21 އަހަރުގެ އަންހެނަކަށް ކަމަށް ފުލުހުން ބުނެފައިވެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ހަމަލާދީފައިވަނީ އަންހެން މީހާގެ ކަރަށެވެ. ފުލުހުން ބުނެފައިވަނީ މި މައްސަލަ ތަހުގީގުކުރަމުން ގެންދާ ކަމަށެވެ.