ފޭޒްލީން ކަފާލާތުގެ ދަށުން ދޫކޮށްލަން ކޯޓުން ނިންމައިފި

Advertisement

އެންމެ ފަސް

Advertisement

ގދ. ތިނަދޫގައި ހުއްދަނެތި ގެއަކަށްވަދެ ކުޑަކުދިންތަކެއް ކުރިމަތީގައި ހުތުރުބަހުން ޒުވާބުކޮށް އިންޒާރުދިން މައްސަލައިގައި ހައްޔަރު ކުރި އައިމިނަތް ފޭޒްލީން ކަފާލާތުގެ ދަށުން ދޫކޮށްލުމަށް ކޯޓުން ނިންމައިފި އެވެ.

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި ހުއްދަނެތި ގެއަކަށްވަދެ ކުޑަކުދިންތަކެއް ކުރިމަތީގައި ހުތުރުބަހުން ޒުވާބުކޮށް އިންޒާރުދިން މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މި މަހުގެ 24 ވަނަ ދުވަހު އެވެ.

މި މައްސަލައިގައި ފޭޒްލީން ހައްޔަރުކުރީ އިއްޔެ މެންދުރުފަހު 14:32 ހާއިރު ކޯޓު އަމުރެއްގެ ދަށުން ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.

ފުލުުހުން ބުނީ ފޭޒްލީންގެ ބަންދަށް މުއްދަތު ޖެހުމަށް ހާޒިރު ކުރުމުން 10 ގަޑި އިރު ތެރޭގައި 10،000 ރުފިޔާ ކޯޓުގައި ބަހައްޓާ ގޮތަށް ކަފާލާތުގެ ދަށުން ދޫކޮށްލުމަށް ކޯޓުން ނިންމާފައިވާ ކަމަށެވެ. އަދި ފައިސާ ހަމަނުޖައްސައިފިނަމަ 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ނިންމާފައިވާ ކަމަށް ވެސް މައުލޫމާތުދީފައިވެ އެވެ.

ފުލުހުން ބުނެފައިވަނީ އެ އިދާރާއިން މި މައްސަލަ ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ.

ދިވެހި ފުލުހުންގެ ޚިދުމަތް ގދ. ތިނަދޫ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ