ސަރުކާރުގެ ފުރަތަމަ ޑީކޯ ޗެމްބަރު ގުރަައިދޫގަ ހުޅުވާ، އިތުރު ޗެމްބަރުތަކެއް ޤާއިމްކުރަނީ

Advertisement

އެންމެ ފަސް

Advertisement

އަތޮޅު ތެރޭގައި ޤާއިމްކުރި ސަރުކާރުގެ ފުރަތަމަ ހައިޕާބެރިކް ސެންޓަރު، ތ. ގުރައިދޫގަ މިއަދު ހުޅުވައިފި އެވެ.

މި ސެންޓަރު ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ. މި ސެންޓަރު ހުޅުވާފައިވަނީ ރައީސް މުއިއްޒު މިހާރު ތ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހެނދުނު އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

ގުރައިދޫގައި ގާއިމު ކުރި ހައިޕާބެރިކް ސެންޓަރަކީ ސަރުކާރުން ރާއްޖޭގައި ގާއިމު ކުރި ފުރަތަމަ ހައިޕާބެރިކް ސެންޓަރެވެ. މި ސެންޓަރުގައި ބަހައްޓާފައިވާ ޑީކޯ ޗެމްބަރުން 100 މީޓަރު އަޑިން ޑީކޯވިނަމަވެސް ފަރުވާ ދެވޭނެ އެވެ.

ގުރައިދޫގައި ގާއިމު ކުރި ހައިޕާބެރިކް ސެންޓަރުގެ ޑީކޯ ޗެމްބަރުން އޮކްސިޖަން ތެރަޕީ އާއި އެހެނިހެން ފަރުވާތައް ދިނުމަށް ވެސް ބޭނުން ކުރެވޭނެކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

”ވަރަށް ޒަމާނީ ވަރަށް ފުރިހަމަ އިކުއިޕްމަންޓެއް. 100 މީޓަރު އަޑިން ޑީކޯ ވިޔަސް ޓްރީޓްމަންޓް ދެވޭ ފެންވަރު މީގައި އެބަހުރި. އޭގެ އިތުރަށް ވެސް އޮކްސިޖަން ތެރަޕީ އާއި މިފަދަ އިތުރު އެހެން ކަންކަމަށް ވެސް ކަމާ ބެހޭ ޑޮކްޓަރުންނަށް އެ ޗެމްބަރުގެ ބޭނުން ހިފޭނެ،“

ރާއްޖޭގެ މަސްވެރިންނާއި ޑައިވަރުންގެ ދުވަސްވީ ކަންބޮޑުވުމަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ ގޮތުން، ސަރުކާރުން ވަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޑީކޮމްޕްރެޝަން ޗެމްބަރުތައް ގާއިމްކުރުމަށް ރާވާފަ އެވެ. މިގޮތުން ކުރިއަށް އޮތް ހަތަރު މަސް ދުވަހުގެ ތެރޭގައި މާލެ، އއ. ރަސްދޫ، ގއ. ވިލިނގިލި، ގދ. ތިނަދޫ، ފުވައްމުލައް އަދި އައްޑޫގައި ޗެމްބަރުތައް ބެހެއްޓުމުގެ މަސައްކަތް ނިންމާނެ ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޑީކޯ ޗެމްބަރު ގާއިމު ކުރުމަށް ކުރިއަށް ގެންދާ މި މަޝްރޫއުގެ ސަބަބުން މަސްވެރިންނާއި ޑައިވަރުންނަށް ދިމާވާ ކުއްލި ހާލަތްތަކުގައި އަވަސް ފަރުވާ ލިބިގެންދާނެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތ. ގުރައިދޫ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ