މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމާލެއިން ހަތަރު މީހުން ހައްޔަރުކޮށްފި

Advertisement

އެންމެ ފަސް

Advertisement

ފުލުހުން ހުޅުމާލޭގައި ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގެ ތެރެއިން މަސްތުވާތަކެއްޗާއެކު ހަތަރު މީހުން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނެފައިވަނީ، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހުޅުމާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ދެ އެޕާޓްމަންޓު ބަލައިފާސްކޮށްފައިވަނީ ސެޕްޓެމްބަރު 23 ވަނަ ދުވަހު އެވެ.

ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ހިންގި އޮޕަރޭޝަނުގައި އެ ދެ އެޕާޓްމަންޓު ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ 24.06 ގުރާމްގެ ތަކެއްޗާއި 363 ގުޅަ މަނާބޭސް ފެނިފައިވާ ކަމަށެވެ. އަދި ކުށްކޮށްގެން ހޯދާފައިވާ ކަމަށް ތުހުމަތުކުރެވޭ 4500 އަށްވުރެ ގިނަ ރުފިޔާ ފެނިފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ:

  • ށ. ފޭދޫ / މާވަސްގެ، އަޙްމަދު ސައްފާން (26އ)
  • މާލެ / ހމ. މާވަހަރު، ޝާނާ (32އ)
  • ފާރޫކް ޗޮކީދާރު / ބަންގްލަދޭޝް (50އ)
  • ސަފިކް / ބަންގްލަދޭޝް (40އ)

މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އަންހެން މީހާގެ ބަންދަށް 10 ދުވަހަށް އަދި ދެންތިބި ތިން މީހުންގެ ބަންދަސް 15 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ފުލުހުން މައުލޫމާތުދީފައިވެ އެވެ.

ފުލުހުން ބުނެފައިވަނީ އެ އިދާރާއިން މި މައްސަލަ ތަހުގީގުކުރަމުން ގެންދާ ކަމަށެވެ.

މަސްތުވާތަކެތި ދިވެހި ފުލުހުންގެ ޚިދުމަތް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ