500 މީހުންގެ ޖާގައިގެ ބޮޑު މިސްކިތެއް ހިރިލަންދޫގައި ގާއިމްކުރަނީ

Advertisement

އެންމެ ފަސް

Advertisement

ތ. ހިރިލަންދޫގައި ގާއިމްކުރާ ޒަމާނީ ފެންވަރުގެ މިސްކިތުގެ ބިންގާ މިއަދު އަޅައިފި އެވެ.

މި މިސްކިތުގެ ބިންގާ އަޅާފައިވަނީ ހަތަރު އަތޮޅަކަށް، ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ހިރިލަންދޫއަށް މިއަދު ވަޑައިގެން ކުރިއަށް ގެންދިޔަ ހާއްސަ ރަސްމިއްޔާތެއްގަ އެވެ. މި ރަސްމިއްޔާތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި ދަޢުލަތުގެ ބައެއް މިނިސްޓަރުން ބައިވެރިވެވަޑައިގެންނެވި އެވެ. މި މިސްކިތުގެ ބިންގާ އަޅުއްވައިދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދު އެވެ.

އިސްލާމިކް މިނިސްޓްރީ އިން މައުލޫމާތު ދިން ގޮތުގައި މި މިސްކިތަކީ 500 މީހުންގެ ޖާގައިގެ ބޮޑު މިސްކިތެކެވެ. މި މިސްކިތް ނިމިގެންދާއިރު މިސްކިތުގައި ސޯލާ ހަރުކުރެވި، އޭސީ ކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް މިނިސްޓްރީ އިން ބުނެފައިވެ އެވެ. އަދި މި މިސްކިތުގައި ލައިބްރަރީއަކާއި ކުލާސްރޫމެއް ހިމެނޭނެ ކަމަށް ވެސް އެ މިނިސްޓްރީ އިން މައުލޫމާތުދީފައިވެ އެވެ.

ހިރިލަންދޫގައި 500 މީހުންގެ ޖާގައިގެ ބޮޑު މިސްކިތެއް ބިނާކުރެއްވުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއުއެކެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ތ. ހިރިލަންދޫ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ