މަސްގަންނަ އަގު 20 ރުފިޔާ އަށް ބަދަލުކޮށްދޭނަން: ރައީސް

Advertisement

އެންމެ ފަސް

Advertisement

މަސް ގަންނަ އަގު 20 ރުފިޔާ އަށް ބަދަލު ކުރުމަށް ވީ ވައުދު ފުއްދުމަށް މަސައްކަތްތަކެއް ކުރަމުން އަންނަކަމަށް ރައީސުލްޖުމްހޫރިއްުޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު މިފަދައިން ވިދާޅުވީ، މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މ. ދިއްގަރަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުންނެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ މަސް ގަންނަ އެންމެ ކުޑަ އަގު 20 ރުފިޔާ އަށް ހެދުމަށް ވީ ވައުދު ފުއްދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށާއި އެއީ އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުފުޅުތަކުގެ ތެރެއިން އެންމެ މުހިންމު އެއް ވައުދުފުޅު ކަމަށެވެ.

ރައީސް ވިދާޅުވީ މަސްކިރާތާ 48 ގަޑިއިރުތެރޭގައި ފައިސާ ދޫކުރުމުގެ ސިޔާސަތު ތަންފީޒު ކުރަން ފެށުމަށް އަހަރެއްހާ ދުވަސް ހޭދަވި ކަމަށެވެ. ނަމަވެސް އެއީ ވައުދު ނުފުއްދުން ނޫން ކަމަށާއި ހަމައެގޮތަށް މި ވައުދުވެސް ފުއްދަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

މަސްގަންނަ އަގު ވިހި ރުފިޔާއަށް ބަދަލުކުރުމަށް ވީ ވައުދު ފުއްދާނީ ހަމަ އެކަނި ނަމަކަށް ނޫން ކަމަށާއި މި ސިޔާސަތު ތަންފީޒުކުރަން ފަށާނީ ތަރުތީބު ކުރަން ޖެހޭ ކަންކަން ތަރުތީބުކޮށް، މެދުނުކެނޑި ކުރިއަށްދާނެ ކަން ޔަގީންކުރުމަށް ފަހު ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ދިއްގަރާއި މ. އަތޮޅަކީ މަސްވެރިކަމުގެ ސިނާއަތް ފުޅާ ސަރަޙައްދަކަށްވުމާއެކު، މަސްވެރިންނަށް ފަސޭހަ ގޮތްތަކެއް ހޯއްދަވައިދެއްވާނެކަމުގެ ޔަގީންކަން ދެއްވާކަމަށެވެ. އެގޮތުން ހެޔޮ އަގުގައި ތެލާ އައިސް ފޯރުކޮށްދިނުމުގެ މަސައްކަތްތައް އެކި މަރުހަލާގައި ކުރިއަށް ދާކަން ވެސް ރައީސް ފާހަގަކުރެއްވި އެވެ.

އެރަށުގެ އުމްރާނީ ތަރައްގީގެ ގޮތުން ކުރަން ހުރި ކަންކަމަށް އަލިއަޅުއްވާލައްވައި ރައީސް ވިދާޅުވީ އެމްޓީސީސީ އާއެކު ކުރިން ސޮއިކުރި 75 ހައުސިން ޔުނިޓުގެ މަސައްކަތްތައް ނިމުމުން އިތުރު 75 ހައުސިން މަޝްރޫއެއް ފަށަން ގަސްދުކުރައްވާ ކަމަށެވެ.

ކުރިން ސޮއި ކުރި 75 ހައުސިން ޔުނިޓުގެ މަޝްރޫއަކީ އެކި ސަބަބުތަކަށްޓަކައި ނުފެށި ލަސްވެފައިވާ މަޝްރޫއުއެއް ކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ މި 75 ހައުސިން ޔުނިޓުގެ މަސައްކަތް ފެށުމަށް ވާންޖެހޭ ތައްޔާރީތަކާއި ކުރަން ހުރި ކަންކަން ކުރެވިފައިވާ ވާ ކަމަށެވެ. އަދި މި މަސައްކަތް ދާދި އަވަހަށް މި އަހަރުގެ ތެރޭގައި ފެށިގެން ދާނެ ކަމަށް ވިދާޅުވި އެވެ.

އެ ރަށުގެ ބަނދަރަށް އިޝާރަތް ކުރައްވައި ރައީސް ވިދާޅުވީ ބަނދަރުގައިވެސް ވަރަށް ގިނަ މައްސަލަތައް އެބަ ހުރި ކަމަށެވެ. އެގޮތުން ހަލާކުވެފައި ހުރި ތަންތަނާއި ބަނދަރުގެ ޖާގައިގެ ގޮތުންްނާއި އަޕްގްރޭޑް ކުރުމުގެ މަސައްކަތްތަކެއް ކުރަން ވެފައި ހުރި ކަން ރައީސް ފާހަގަކުރެއްވި އެވެ. ރައީސް ވިދާޅުވީ މާ ލަސްތަކެއް ނުވެ މި އަންނަ އަހަރުގެ ކުރީ ކޮޅު މި މަސައްކަތް ފެށުމަށް ނިންމާފައިވާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މ. ދިއްގަރު މަސްވެރިކަން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ