އާރުޓީއެލް ފެރީގެ ހިދުމަތް ތ. އަތޮޅުގައި ފަށަން ތައްޔާރުވެއްޖެ

Advertisement

އެންމެ ފަސް

Advertisement

ރާއްޖެ ޓްރާންސްޕޯޓް ލިންކު (އާރުޓީއެލް) ފެރީގެ ހިދުމަތް ތ. އަތޮޅުގައި ފަށެމަށް ބޭނުންވާ ލޯންޗު އެ އަތޮޅަށް ފޮނުވައިފި އެވެ.

އެމްޓީސީސީން ބުނެފައިވަނީ އެ ކުންފުނިން ތ. އަތޮޅުގައި އާރްޓީއެލް ފެރީގެ ހިދުމަތް ފެށުމަށް ބޭނުންވާ ފެރީތައް މިއަދު ފޮނުވާފައިވާ ކަމަށެވެ.

އެމްޓީސީސީން ބުނެފައިވަޏީ މި ހިދުމަތް ރާއްޖޭގެ އުތުރުން ދެކުނަށް ފުޅާވަމުން އަންނަ ކަން ފާހަގަކޮށް މި ހިދުމަތުގެ ސަބަބުން ރައްޔިތުންނަށް ލިބެމުންދާ އިޖުތިމާއީ އަދީ އިގްތިސޯދީ ފައިދާތައް ބޮޑު ކަމަށެވެ.

އާރްޓީއެލް ފެރީގެ ހިދުމަތް މިހާރު އަންނަނީ 11 އަތޮޅެއްގައި ދެމުންނެވެ. އެންމެ ފަހުން މި ހިދުމަތް ފަށާފައިވަނީ ބ. އަތޮޅުގަ އެވެ.

ރާއްޖޭގެ ރަށްތައް ދަތުރުފަތުރުގެ ނިޒާމުން ގުޅާލުމުގެ މަސައްކަތް އެމްޓީސީސީއާއި ޙަވާލުކޮށްގެން ކުރިއަށްދަނީ 6 ޒޯނަކަށް ބަހާލައިގެނެވެ.

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ