އެމްޕީއެލްގެ އަހަރީ ދުވަހުގެ ރަސްމިއްޔާތުގައި ހަތަރު އެވޯޑަކަށް ހޮވުނު މުވައްޒަފުންނަށް އެވޯޑު ހަވާލުކޮށްފި

Advertisement

އެންމެ ފަސް

Advertisement

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ 39 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ރޭ ހެންވޭރު ދަނޑުގައި ބޭއްވި ”އެނިވާސަރީ ނައިޓް“ ގައި އެ ކުންފުނީގެ ހަތަރު އެވޯޑަކަށް ހޮވުނު މުވައްޒަފުންނަށް އެވޯޑުތައް ހަވާލުކޮށްފި އެވެ.

އިގްތިސާދީ ތަރައްގީއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ޝަރަފްވެރިކޮށްދެއްވި މި ރަސްމިއްޔާތުގައި، އެމްޕީއެލްގެ ސީއީއޯ ޑީސީޕީ (ރިޓަޔާޑް) މުހައްމަދު ރިޝްވާން އާއި، ބޯޑު މެންބަރުންނާއި، ސަރުކާރުގެ އިސް ބޭފުޅުންގެ އިތުރުން ކުންފުނީގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވެވަޑައިގެންނެވި އެވެ.

މި ރަސްމިއްޔާތުގައި، ފާއިތުވި ދެ އަހަރުގެ ތެރޭގައި ރިޓަޔާކުރި 15 މުވައްޒަފަކަށް ރިޓަޔަމަންޓް އެވޯޑް ހަވާލުކުރެވުނެވެ. އަދި 29 އަހަރު އެމްޕީއެލްއަށް ޚިދުމަތްކުރުމަށްފަހު މި އަހަރު ނިޔާވި އަލްމަރްހޫމް ރަފީގް އަހްމަދުގެ ހަނދާނުގައި ޚާއްސަ އެވޯޑެއް އޭނާގެ އާއިލާއަށް ހަވާލުކުރެވުނެވެ.

މުވައްޒަފުންގެ މެދުގައި ދޭ ހަތަރު އެވޯޑަށް ހޮވުނު ފަރާތްތަކަށް އެވޯޑު ހަވާލުކުރެވުނު އިރު، މި އެވޯޑުތަކުގެ ތެރޭގައި ރައިޒިންގ ސްޓާ އެވޯޑް، އައުޓްސްޓޭންޑިންގ އެޗީވްމަންޓް އެވޯޑް، އައުޓްސްޓޭންޑިންގ ލީޑަރޝިޕް އެވޯޑް އަދި ޓޮޕް 10 ސްޓާފް އެވޯޑް ހިމެނެ އެވެ.

މި ރަސްމިއްޔާތުގައި އެމްޕީއެލްގެ ކޯޕަރޭޓް މެގަޒިން ”އުޅަނދު“ ގެ ފުރަތަމަ އަދަދު ލޯންޗްކުރުމާއެކު، ކުންފުނީގެ 40 ވަނަ އަހަރީ ދުވަހުގެ ޚާއްސަ ލޯގޯ އިފްތިތާހްކޮށް، 40 ވަނަ އަހަރީ ދުވަހުގެ ކައުންޓްޑައުން ވަނީ ރަސްމީކޮށް ފަށައިފަ އެވެ.

އެމްޕީއެލްގެ ކާމިޔާބީގެ ފަހަތުގައި ތިބީ ކުންފުނީގެ ހީވާގި މުވައްޒަފުންކަމަށް ވިދާޅުވެ، ކުންފުނީގެ 40 އަހަރަށް ކުރިމަތިލާއިރު، ކުންފުނީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ހުރިހާ މުވައްޒަފުން ގުޅިގެން މަސައްކަތްކުރާނެކަމުގެ ޔަގީންކަން ސީއީއޯ ރިޝްވާން ދެއްވި އެވެ.

އެމްޕީއެލްގެ ސީއީއޯ އަދި އެމްޑީ (ޑީސީޕީ ރިޓަޔާޑް) މުހައްމަދު ރިޝްވާން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ