ސިޓީ އިން ނަޕޯލީ ބަލިކުރިއިރު ހާލަންޑަށް ރެކޯޑެއް

Advertisement

އެންމެ ފަސް

Advertisement

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ މެންޗެސްޓާ ސިޓީ އިން 2-0 ގެ ނަތީޖާއަކުން ނަޕޯލީ ބަލިކުރިއިރު، ހާލަންޑް އައު ރެކޯޑެއް ހަދައިފިއެވެ.

ސިޓީގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ 56 ވަނަ މިނެޓުގައި ހާލަންޑް ވަނީ ލަނޑެއް ޖަހައި ސިޓީއަށް ކުރިހޯދަދީފައެވެ. މިއާއެކު އޭނާ ވެފައިވަނީ ޗެމްޕިއަންސް ލީގުގައި އެންމެ އަވަހަށް 50 ލަނޑު ޖެހި ކުޅުންތެރިޔާއަށެވެ. އޭނާ ރެކޯޑު ހަދާފައިވަނީ 49 މެޗުން 50 ލަނޑު ޖަހައިގެނެވެ.

ރޭގެ މެޗުގެ 21 ވަނަ މިނެޓުގައި ހާލަންޑަށް ކުރި ފައުލަކާ ގުޅިގެން ނަޕޯލީގެ ކެޕްޓަން، ޖިއޮވާނީ ޑި ލޮރެންޒޯ އަށް ވަނީ ރަތް ކާޑު ދައްކާފައެވެ. މިއާއެކު، ނަޕޯލީ އިން މެޗުގެ ބޮޑުބައި ކުޅެން ޖެހުނީ ކުޅުންތެރިޔަކު މަދުކޮށެވެ. ޑި ލޮރެންޒޯއަށް ރަތް ކާޑު ދެއްކުމާ ގުޅިގެން، ޑިފެންސިވް ކުޅުންތެރިއެއް އެރުވުމުގެ ގޮތުން، ކެވިން ޑި ބްރޭނާ ވަނީ 26 ވަނަ މިނެޓުގައި ބަދަލުކޮށްފައެވެ. މިއާއެކު، އޭނާގެ ކުރީގް ކްލަބާ ދެކޮޅަށް ކުޅުމަށް ލިބުނީ މަދު ވަގުތު ކޮޅެކެވެ.

ރޭގެ މެޗުގައި ނަޕޯލީގެ ކީޕަރު، މިލިންކޮވިޗް-ސަވިޗް ވަނީ ސިޓީގެ ގިނަ ހަމަލާތަކެއް ހުއްޓުވާފައެވެ. އެގޮތުން، ޓިޖާނީ ރެއިންޑާސް އާއި ފިލް ފޯޑެންގެ އިތުރުން ރޮޑްރީ ފޮނުވާލި ބޯޅަ ވަނީ ދިފާއުކޮށްފައެވެ.

ދެވަނަ ހާފުގެ ކުރީކޮޅު ހާލަންޑް ލަނޑު ޖެހިއިރު، ސިޓީއަށް ތިން ޕޮއިންޓު ކަށަވަރުކޮށްދިނީ ޖެރެމީ ޑޯކޫ އެވެ. އޭނަ ވަނީ މެޗުގެ 65 ވަނަ މިނެޓުގައި ލަނޑު ޖަހައި ސިޓީއަށް ލީޑު ފުޅާކޮށްދީފައެވެ.

މި ނަތީޖާއާއެކު ޔުނައިޓެޑުގެ ކުރީގެ ކުޅުންތެރިން ކަމަށްވާ ސްކޮޓް މެކްޓޮމިނޭ އާއި ރަސްމުސް ހޮއިލުންޑް މެންޗެސްޓާ އަށް އެނބުރި އައުންވެސް ވަނީ ހަރާބުވެފައެވެ.

މެންޗެސްޓާ ސިޓީ ޗެމްޕިއަންސް ލީގު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ