އަތޮޅު ކައުންސިލްތަކަކީ ލާމަރުކަޒީ ނިޒާމު ފުރިހަމަކޮށްދޭ އެއްޗެއް ނޫން: ރައީސް

Advertisement

އެންމެ ފަސް

Advertisement

އަތޮޅު ކައުންސިލްތަކަކީ ލާމަރުކަޒީ ނިޒާމު ފުރިހަމަކޮށްދޭ އެއްޗެއް ނޫން ކަމަށާއި، އަތޮޅު ކައުންސިލްތައް އޮވެގެން ރައްޔިތުންނަށްވާ ފައިދާއެއް ނެތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

”ރައްޔިތުންނާއެކު ޕޮޑްކާސްޓް“ ގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަކީ އެމަނިކުފާނުގެ މުހިންމު ސިޔާސަތެއް ކަމަށެވެ. ލާމަރުކަޒީ ނިޒާމުގެ ތަޖުރިބާ ވަރަށް ރަނގަޅަށް ކުރެވިފައިވާކަން ފާހަގަކުރައްވާ ރައީސް މުއިއްޒު ވިދާޅުވި ލާމަރުކަޒީ ނިޒާމު ފުރިހަމަ ކުރުމަށް އެމަނިކުފާނު ވަރަށް އިސްކަން ދެއްވާ ކަމަށެވެ.

އެގޮތުން މިހާތަނަށް އައިއިރު ލާމަރުކަޒީ ނިޒާމަށް އެކި ރިފޯމްތައް ގެނެސްފައިވާ ކަމަށާއި، އަތޮޅު ކައުންސިލްތައް ނުބޭއްވުމަކީ މިއަށް އިތުރުވާ ބޮޅެއް ކަމަށް ވިދާޅުވި އެވެ.

”އަތޮޅު ކައުންސިލްތަކަކީ އެއްގޮތަކަށްވެސް ލާމަރުކަޒީ ނިޒާމަށް ފުރިހަމަކަން ގެނެސްދޭ އެއްޗެއް ނޫން.“

ރައީސް މުއިއްޒު ވިދާޅުވީ، އަތޮޅު ކައުންސިލްތައް އުވާލިނަމަވެސް އަތޮޅު ލެވެލްގައި ކަންކަން ހިނގާނެ ކަމަށާއި އަތޮޅު ކައުންސިލަކީ ރައްޔިތުންނަށް ފައިދާހުރި އަދި މާނަހުރި އެއްޗަކަށް ނުވާ ކަމަށެވެ. އަދި އެކަން މިދިޔަ ދުވަސްތަކުގައި ފެނިފައިވާ ކަމަށް ވިދާޅުވި އެވެ.

އަތޮޅު ކައުންސިލްގެ ބަދަލުގައި ސަރުކާރުން ބޭނުންވަނީ ސީދާ ރަށު ކައުންސިލްގެ ފަރާތުން ސަރުކާރާއި މުއާމަލާތް ކުރެވޭނެ ގޮތެއް ހެދުންކަން ރައީސް ފާހަގަކުރެއްވި އެވެ.

”ކައުންސިލްތައްވެސް މި ހޮވަނީ ސީދާ ރައްޔިތުން. ރައްޔިތުން ހޮވާ ކައުންސިލުން އެ ރަށުގެ ކަންތަކާ ސަރުކާރާ މުއާމަލާތްކުރީމަ ނިމުނީ. ކޮންމެހެން އަތޮޅު ކައުންސިލްކިޔާފަ އަނެއްކާވެސް، މިހާރު ވެއްޖިއްޔާ އަތޮޅު ކައުންސިލްތަކުގައި ކައުންސިލްތަކުގެ ރައީސުން އެބަ ތިބި. އެހެންމަ މިކަމެއް ރަނގަޅަކަށް ނުހިނގާ.“

ރައީސް މުއިއްޒު ވިދާޅުވީ އަތޮޅު ކައުންސިލް ބާއްވައިގެން ރައްޔިތުންނަށްވާ ފައިދާއެއް ނެތްކަމަށާއި އޭގެންވަނީ ގެއްލުމެއް ކަމަށެވެ. އެހެންކަމުން އަތޮޅު ކައުންސިލްތައް އުވާލުމަށް ޤާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ މަސައްކަތް ހިނގަމުންދާކަމަށް ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ލާމަރުކަޒީ ނިޒާމް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ