ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް، ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް މުހައްމަދު މުޖްތާޒް އައްޔަންކޮށްފި އެވެ.
ޖޭއެސްސީއަށް ސީއެސްސީގެ ރައީސް މއ. ސިގްމާ، މުހައްމަދު މުޖްތާޒް އައްޔަންކޮށްފައިވަނީ ރައީސް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.
މި ރަސްމިއްޔާތުގައި މުޖްތާޒް ވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމުގެ ހުވާ ކުރައްވާފަ އެވެ. އަދި ހުވާގެ އިޤްރާރުގައި ސޮއިކުރެއްވުމާއެކު، ރަސްމީ ގޮތުން މަޤާމާ ޙަވާލުވެވަޑައިގެންފައިވެ އެވެ.
މި މުހިންމު ރަސްމިއްޔާތުގައި މުޙައްމަދު މުޖްތާޒަށް ހުވާ ލައިދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު، މުޙައްމަދު ސަލީމެވެ. ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ޢައްޔަންކުރެއްވިކަމުގެ ރަސްމީ ލިޔުން މުޙައްމަދު މުޖްތާޒާ ޙަވާލުކޮށްދެއްވާފަ އެވެ.
މުޙައްމަދު މުޖްތާޒް ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ޢައްޔަންކުރައްވާފައިވަނީ ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސްގެ ހައިސިއްޔަތުންނެވެ. މުޖްތާޒް މި މަގާމަށް އައްޔަންކޮށްފައިވަނީ ޤާނޫނީ ގޮތުން ޖޭއެސްސީގައި ތަމްސީލުކުރަންޖެހޭ އެއް ދާއިރާ ކަމުގައިވާ ސިވިލް ސަރވިސް ތަމްސީލު ކުރުމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)