ފުވައްމުލަކު ރައްޔިތުންނަށް ދެވޭ ދަތުރުފަތުރުގެ ޚިދުމަތްތައް ފަސޭހަކަމާއެކު ފޯރުކޮށްދީ، އެ ޚިދުމަތްތަކުގެ ފެންވަރު އިތުރަށް ހަރުދަނާކުރުމަށްޓަކައި، ޓްރާންސްޕޯޓް މިނިސްޓްރީއާއި ފުވައްމުލަކު ސިޓީ ކައުންސިލާ ދެމެދު މިއަދު ފަހުމުނާމާއެއްގައި ސޮއިކޮށްފި އެވެ.
މި ފަހުމުނާމާގައި ސޮއިކޮށްފައިވަނީ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މިހާރު ފުވައްމުލަކަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިންނެވެ. މި ދަތުރުގެ ތެރެއިން މިނިސްޓަރު އަމީން ވަނީ ފުވައްމުލަކު ސިޓީ ކައުންސިލާ ބައްދަލު ކުރައްވާ މަޝްވަރާތަކެއްވެސް ކުރިއަށް ގެންގޮސްފަ އެވެ. މި ބައްދަލުވުމުގައި ފުވައްމުލަކު އެއަރޕޯޓުގެ ޚިދުމަތްތައް ފުޅާކުރުމުގެ އިތުރުން، އެއްގަމާއި ކަނޑު ދަތުރުފަތުރުގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާކަމަށް މިނިސްޓަރު އަމީން ވަނީ ވިދާޅުވެފަ އެވެ.

މި މިމަސައްކަތްތަކަކީ ރައީސް މުއިއްޒު ކުރިއަށް ގެންދަވާ ރާއްޖޭގެ ދަތުރުފަތުރުގެ ވިއުގަ ހަރުދަނާކުރުމުގެ ތަޞައްވުރުގެ ދަށުން ކުރިއަށް ގެންދެވޭ މަސައްކަތްތަކެއް.
މި މަސައްކަތުގެ ސަބަބުން ރައްޔިތުންނަށް ލިބޭ ދަތުރުފަތުރުގެ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުވެ، މުޅި ސިޓީގެ ތަރައްޤީއަށް މަގުފަހިވެގެންދާނެކަމަށް މިނިސްޓަރު އަމީން ވިދާޅުވި އެވެ.
މިނިސްޓަރު އަމީން ފުވައްމުލަކަށް ވަޑައިގެންނެވީ އިއްޔެގެ ވަގުތެއްގަ އެވެ. މި ދަތުރުފުޅުގައި، ފުވައްމުލަކު އެއަރޕޯޓާއި މަގުތަކާއި އަދި ދަތުރުފަތުރާ ގުޅޭ އެހެނިހެން ކަންކަމާ ބެހޭ މަސައްކަތްތަކެއް ކުރާނެކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
މިނިސްޓަރު މުހައްމަދު އަމީން މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން ފުވައްމުލަށް ސިޓީ ކައުންސިލް