އިޒްރޭލުން ގަތަރަށް ދިން ހަމަލާއަކީ ސުލްހައާ ދެކޮޅަށް ދިން ހަމަލާއެއް: ރައީސް މުއިއްޒު

Advertisement

އެންމެ ފަސް

Advertisement

އިސްރާއީލުން ޤަޠަރަށް ދިން ހަމަލާއަކީ ޤަޠަރުގެ މިނިވަންކަމަށް އަރައިގަތުން ކަމަށާއި، މި ހަމަލާ އަކީ ސުލްހައާ ދެކޮޅަށް ދިން ހަމަލާއެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވީ ދޯހާގައި މިއަދު ބޭއްވުނު ކުއްލި އަރަބި-އިސްލާމިކް ސަމިޓުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް މުޢިއްޒު ވިދާޅުވީ މިއީ އިންސާނިއްޔަތާ ދެކޮޅު އަމަލެއް ކަމަށާއި، ސުލްހައާ ދެކޮޅަށް ދިން ހަމަލާއެއް ކަމަށެވެ. ”ޣައްޒާގައި ސުލްހަ ޤާއިމްކުރުމަށް މަސައްކަތްކުރާ މައިގަނޑު ފަރާތެއްގެ ގޮތުގައި ޤަޠަރު އޮތްއިރު، އެ ޤައުމަށް އަދަބު ދިނުމުގެ ބަދަލުގައި ޝުކުރުވެރިވާންޖެހޭ“ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް މުޢިއްޒު ފާހަގަކުރެއްވި ގޮތުގައި މިއީ އިސްރާއީލުން ކުރަމުންދާ ގިނަ ލާއިންސާނީ ޢަމަލުތަކުގެ ތެރެއިން އެއް ޢަމަލެވެ. އިޒްރޭލުގެ މިފަދަ އަމަލުތަކުގެ ތެރޭގައި ފަލަސްޠީނުގެ ބިންތަކަށް ވެރިވެގަތުމާއި، އިންސާނީ އެހީ ފޯރުކޮށްދިނުން ހުއްޓުވުމާއި، އާންމު ރައްޔިތުންނާއި، ޑޮކްޓަރުންނާއި ނޫސްވެރިން އަމާޒުކޮށް ހަމަލާދިނުން ހިމެނެއެވެ.

އިސްލާމީ އުއްމަތުގެ އެއްވެސް ޤައުމަކުން އެކަނި ކުރިމަތިލާން ނުޖެހޭނެ ކަމަށް ވިދާޅުވެ، ރައީސް މުޢިއްޒު ވަނީ ދިވެހި ރައްޔިތުން ޤަޠަރުގެ ސަރުކާރާއި ރައްޔިތުންނާއެކު ތިބިކަމަށް ވިދާލުވެފަ އެވެ. އަދި އިސްރާއީލުގެ ލީޑަރުން ހަނގުރާމައިގެ ކުށްތަކަށް ޖަވާބުދާރީ ކުރުވަން ސިޔާސީ، އިޤްތިޞާދީ އަދި ޑިޕްލޮމެޓިކް ފިޔަވަޅުތައް އެޅުމަށް ރައީސް މުއިއްޒު ގޮވާލެއްވި އެވެ.

މި ސަމިޓަކީ އިސްރާއީލުން ސެޕްޓެމްބަރު 9 ވަނަ ދުވަހު ދިން ހަމަލާތަކާ ގުޅިގެން ބާއްވާ ސަމިޓެކެވެ. އޯއައިސީގެ މެމްބަރު ޤައުމުތަކުގެ ލީޑަރުން ބައިވެރިވެ ވަޑައިގަންނަވާ މި ސަމިޓުގައި އިސްލާމީ އުއްމަތަށް ދިމާވެފައިވާ ނާޒުކު ހާލަތާ ގުޅޭގޮތުން އަންނަނީ މަޝްވަރާ ކުރަމުންނެވެ. މިއީ އިސްރާއީލުގެ އަނިޔާވެރި ޢަމަލުތައް ހުއްޓުވުމަށާއި، ސަރަޙައްދުގައި އަމާންކަމާއި ސުލްޙަ ޤާއިމުކުރުމަށް ބޭނުންވާ ފިޔަވަޅުތައް އެޅުމަށް މުސްލިމް އުއްމަތުގެ އެއް އަޑެއް އުފުލުމަށް ލިބޭ މުހިންމު ފުރުޞަތެއްގެ ގޮތުގައި ގިނަ ގައުމުތަކުން ފާހަގަކުރެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖެ - ގަތަރް އިޒްރޭލް އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގަތަރު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ