އަލީބާބާ އީ-ކޮމާސް ވޯކްޝޮޕް: 24 ގަޑިއިރުގެ ތެރޭގައި 155 އަށް ވުރެގިނަ ވިޔަފާރިވެރިން ރަޖިސްޓްރީކޮށްފި

Advertisement

އެންމެ ފަސް

Advertisement

އަލީބާބާ އީ-ކޮމާސް ވޯކްޝޮޕްގައި 24 ގަޑިއިރުގެ ތެރޭގައި 155 އަށް ވުރެގިނަ ވިޔަފާރިވެރިން ރަޖިސްޓްރީކޮށްފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ ސައީދު އެކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ރަޖިސްޓްރޭޝަން ބަންދުވާނީ ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހު ކަމަށެވެ.

މީގެކުރިން މިނިސްޓަރ ވިދާޅުވެފައިވަނީ، އިކޮނޮމިކް މިނިސްޓްރީއިން މި މަހުގެ 16 ވަނަ ދުވަހު އަލީބާބާގެ އެކްސްޕާޓުންނާއެކު އޮންލައިން ވޯކްޝޮޕެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި ވޯކްޝޮޕަކީ ރާއްޖޭގައި އޮންލައިން ވިޔަފާރިކުރާ އަދި އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން ބާއްވާ ވޯކްޝޮޕެކެވެ.

މި ވޯކްޝޮޕްގެ ސަބަބުން ދިވެހި ވިޔަފާރިވެރިންނަށް އަލީބާބާ.ކޮމް ޕްލެޓްފޯމްގައި ސެލާ އެކައުންޓް ހުޅުވައި، އެ ޕްލެޓްފޯމް މެދުވެރިކޮށް އެ ފަރާތްތަކުގެ އުފެއްދުންތައް ވިއްކުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވެފައިވެެއެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅެއް ކަމަށާއި، ދުނިޔޭގެ އެންމެ ފުޅާ ދާއިރާއެއްގައި ބޭނުންކުރެވޭ އީކޮމާސް ޕްލެޓްފޯމްތަކުގައި ދިވެހިންނަށް ސެލާ އެކައުންޓް ހުޅުވޭނެ ގޮތް ހެދުމަކީ ސަރުކާރުގެ އަމާޒެއް ކަމުގައި މިނިސްޓަރު ފާހަގަކުރެއްވިއެވެ. މި މަސައްކަތަކީ އިކޮނޮމިކް މިނިސްޓްރީން ދުނިޔޭގެ ނަން މަޝްހޫރު އީކޮމާސް ޕްލެޓްފޯމްތަކާއެކު ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެއް މަސައްކަތް ކަމަށްވެސް މިނިސްޓަރު ސައީދު ފާހަގަކުރެއްވިއެވެ.

އޭގެއިތުރުން ސަރުކާރުން އަންނަނީ އީވޮލެޓްގެ ހިދުމަތްވެސް ރައްޖޭގައި ފެށުމަށް މަޝްވަަރާކުރަމުންނެވެ. އެގޮތުން ޕޭޕަލްގެ ހިދުމަތް ރާއްޖޭގައިި ފެށުމަށް އެންމެ ފަހުގެ މަޝްވަރާތައް ސަރުކާރުން ކުރައަށްގެންދާކަމަށް ބުނެފައިވެ އެވެ.

ރާއްޖެ - ޗައިނާ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ