ދިރާގު މޯލްޑިވްސް ޖޫނިއަރ އޯޕަން 2025 ނިންމުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާ ޝަރަފްވެރިކޮށްދެއްވައިފި

Advertisement

އެންމެ ފަސް

Advertisement

ދިރާގު މޯލްޑިވްސް ޖޫނިއަރ އޯޕަން 2025 ބެޑްމިންޓަން މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޝަރަފްވެރިކޮށްދެއްވައިފި އެވެ.

ކުޅިވަރު އެކުވެނީގެ ބެޑްމިންޓަން ހޯލުގައި ބޭއްވުނު މި ރަސްމިއްޔާތުގެ ކުރިން ރައީސް މުއިއްޒު ވަނީ އެ ހޯލުގައި ކުރިއަށް ދިޔަ ފައިނަލް މެޗުތައްވެސް ބައްލަވާލައްވާފަ އެވެ. އެގޮތުން ފުރަތަމަ މެޗުގައި މާލޭ ޓީމާއި އޭދަފުށީ ޓީމް ވާދަކުރިއެވެ. އަދި ދެވަނަ މެޗުގައި ހުޅުދޫ ބޯއީސް އާއި އިންޑިއާގެ ޓީމު ވާދަކުރިއެވެ.

މި ރަސްމިއްޔާތުގައި މުބާރާތުގެ ޗެމްޕިއަނުންނަށް އިނާމާއި، ހަނދާނީ ލިޔުމާއި މެޑަލް ޙަވާލުކޮށްދެއްވީ ރައީސް މުއިއްޒެވެ. މީގެއިތުރުން، ސްޕެޝަލް އޮލިމްޕިކްސްގެ އަންހެން އަދި ފިރިހެން ސިންގަލްސް ކެޓަގަރީގެ ވަނަތަކަށް ހޮވުނު ކުޅުންތެރިންނަށް މެޑެލްތަކާއި ޓްރޮފީތައްވެސް ރައީސް މުއިއްޒު ޙަވާލުކޮށްދެއްވި އެވެ.

ސްޕެޝަލް އޮލިމްޕިކްސް ސިންގަލްސްގައި ބައިވެރިވި ހުރިހާ ކުޅުންތެރިންގެ އަގު ވަޒަންކުރުމުގެ ގޮތުން، އެ ކުޅުންތެރިންނަށް މެޑެލްތަކާއި ޓްރޮފީތައް ދެވުނެވެ. މިއީ ހުރިހާ ކުޅުންތެރިންނަށް ހަމަހަމަ ފުރުސަތު ދިނުމުގެ ގޮތުން އެޅުނު މުހިންމު ފިޔަވަޅެކެވެ.

ސަރުކާރުން ކުޅިވަރާއި ހަށިހެޔޮކަމުގެ ދާއިރާއިން ދިވެހިންނަށް އިތުރު ފުރުސަތުތައް ހޯދައިދިނުމަށް ގިނަ މަޝްރޫޢުތަކެއް ކުރިއަށް ގެންދެ އެވެ. މީގެ ތެރޭގައި ބައިނަލްއަޤްވާމީ މުބާރާތްތައް ރާއްޖޭގައި ބޭއްވުމާއި، ކުޅިވަރުގެ ދާއިރާގައި އެންމެންނަށް ހަމަހަމަ ފުރުސަތުތައް ފަހިކޮށްދިނުމަށް އަޅަމުންދާ ފިޔަވަޅުތައް ހިމެނެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުޅިވަރު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ