ވީއައިއޭގެ އެފެކްސް އަށް ތައްޔާރުވުމުގެ ގޮތުން ހާއްސަ ހަރަކާތެއް ކުރިއަށްގެންގޮސްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ދިމާވެދާނެ އެމަޖެންސީ ހާލަތަކަށް ތައްޔާރުވުމުގެ ގޮތުން ބޭއްވުމަށް ހަމަޖެހިފައިވާ އެއާޕޯޓް ފުލް-ސްކޭލް އެމަޖެންސީ އެކްސަސައިޒް (އެފެކްސް) އަށް އެމްއޭސީއެލް އާއި ކަމާގުޅޭ އިދާރާތަކުގެ ތައްޔާރީތައް ބެލުމަށް މިއަދު ހާއްސަ ހަރަކާތެއް ކުރިއަށް ގެންގޮސްފި އެވެ.

ހުޅުލޭ އައިލެންޑް ހޮޓަލުގައި ބޭއްވި މި ހަރަކާތުގައި، އެފެކްސްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެމަޖެންސީ ހާލަތު އަސްލަކަށް ބަލައިގެން، އެ ހާލަތަށް ތައްޔާރުވެފައިވާ މިންވަރު ދެނެގަތުމުގެ މަސައްކަތް ކުރެވުނެވެ. މި ހަރަކާތުގައި އެމްއޭސީއެލްގެ ކަމާގުޅޭ ހުރިހާ ޑިޕާޓްމަންޓަކާއި 18 އިދާރާއަކުން 80 ފަރާތަކުން ބައިވެރިވި އެވެ.

މިމަހުގެ 8 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެފެކްސްގެ މައިގަނޑު މަޤްސަދަކީ އެއާޕޯޓުގައި ދިމާވެދާނެ އެމަޖެންސީ ހާލަތެއްގައި ވީއައިއޭގެ އެމަޖެންސީ ޕްލޭން އަދި އެހެނިހެން މުއައްސަސާތަކުގެ އެސްއޯޕީތަކާއި، އެ ހަރަކާތުގައި ބައިވެރިވާ އެއާލައިންތަކުގެ ކުއްލި ހާލަތުގެ ޕްލޭންތައް ޓެސްޓުކުރުމެވެ.

އެފެކްސްއަށް އެމްއޭސީއެލް އާއި ކަމާގުޅޭ އިދާރާތަކުގެ ތައްޔާރީތައް ބެލުމަށް ބޭއްވި ހަރަކާތުގެ ތެރެއިން. — ފޮޓޯ: އެމްއޭސީއެލް

މި މުހިންމު ހަރަކާތުގައި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު އާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފު އަދި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ލަމްއާން ބައިވެރިވެވަޑައިގެންނެވި އެވެ. ހަރަކާތް ނިމުމުން، ފާހަގަކުރެވުނު ކަންކަމާއި ރަނގަޅުކުރަންޖެހޭ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ.

އެފެކްސްއަކީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ (އެމްސީއޭއޭ) އާއި އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ) އިން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ކުރިއަށްގެންދަންޖެހޭ ހަރަކާތެކެވެ. މިއީ ވީއައިއޭގައި ދިމާވެދާނެ ކުއްލި ހާލަތަކަށް ތައްޔާރުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް ތަންފީޒުކުރާކަން ކަށަވަރުކުރުމަށް ލާޒިމުކުރާ ހަރަކާތެކެވެ. މި އަހަރުގެ އެފެކްސްގައި 33 އިދާރާއަކާއި 391 ވޮލަންޓިއަރުން ބައިވެރިވާނެކަމަށް ވަނީ ހާމަކޮށްފަ އެވެ.

އެމްއޭސީއެލް އެމްއޭސީއެލްގެ އެމްޑީ އިބްރާހިމް ޝަރީފް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ