ރާއްޖެއާއި ޗައިނާއަކީ އުފަލާ ހިތާމައިގައިވެސް އެކުގައި އޮންނަ ދެ ގައުމު: ޗައިނާގެ ރައީސް ޝީ

Advertisement

އެންމެ ފަސް

Advertisement

ރާއްޖެއާއި ޗައިނާއަކީ އުފަލާ ހިތާމައިގައިވެސް އެކުގައި އޮންނަ ދެ ގައުމު ކަމަށް ޗައިނާގެ ރައީސް ޝީ ޖިންޕިންގ ވިދާޅުވެއްޖެ އެވެ.

ރައީސް ޝީ މިހެން ވިދާޅުވީ ޗައިނާގެ ޓިއަންޖިން ސިޓީގައި ކުރިއަށްދާ ޝަންގްހާއި ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ސަމިޓުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިހާރު ޗައިނާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ދެ ބޭފުޅުންގެ ދެމެދުގައި ބޭއްވެވި ބައްދަލުވުމުގަ އެވެ.

މި ބައްދަލުވުމުގައި ދެގައުމުގެ އިސްވެރިން ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ.

ރައީސް ޝީ ވިދާޅުވީ ދެ ގައުމުންވެސް އެއް ލަނޑުދަނޑިތަކެއް ހާސިލު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި ރާއްޖެއާއި ޗައިނާއަކީ އުފަލާ ހިތާމައިގައިވެސް އެކުގައި އޮންނަ ދެ ގައުމު ކަމަށެވެ.

މިދިޔަ އަހަރު ދެގައުމުގެ ގުޅުން ފުރިހަމަ ސްޓްރެޓެޖިކް ކޯޕަރޭޓިވް ޕާޓްނަޝިޕަކަށް މަތިކޮށް، ވަރުގަދަ ޗައިނާ-މޯލްޑިވްސް ކޮމިއުނިޓީ ބިނާކުރުމަށް އެއްބަސްވިކަން ފާހަގަކުރައްވައި ޝީ ވިދާޅުވީ އޭގެ ފަހުން ޗައިނާ އާއި ރާއްޖެ އިން ބެލްޓް އަދި ރޯޑް ކޯޕަރޭޝަންގައި ހެޔޮ ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށެވެ.

ޗައިނާއިން ދިވެހިރާއްޖޭގެ މިނިވަންކަމާއި، ސިޔާދަތާއި، ސަރަހައްދީ ސަލާމަތް ރައްކާތެރިކުރުމުގައި އެހީތެރިވެދޭނެކަމަށް މި ބައްދަލުވުމުގައި ރައީސް ޝީ ވިދާޅުވި އެވެ. އަދި ރާއްޖެއަށް އެންމެ އެކަށޭނެ ތަރައްގީގެ ޕްލޭނެއް އެކުލަވާލުމުގައި ޗައިނާގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށްވެސް ރައީސް ޝީ ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖެ - ޗައިނާ ޗައިނާގެ ރައީސް ޝީ ޖިންޕިންގ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ