ރާއްޖޭގެ ދެވަނަ ފްރީ ޒޯން ގާއިމް ކުރާނީ އައްޑޫ ސިޓީގައި

Advertisement

އެންމެ ފަސް

Advertisement

ރާއްޖޭގެ ދެވަނަ ފްރީ ޒޯން ގާއިމް ކުރުމަށް ހަމަޖެހިފައިވަނީ އައްޑޫ ސިޓީގައިކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ސީއީއޯ މުހައްމަދު ރިޝްވާން ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ރިޝްވާން ވިދާޅުވީ ކުޅުދުއްފުށީގައި ފްރީ ޒޯން ގާއިމްކުރުމަށްފަހު، ދެން އެންމެ އަވަހަށް މި މަސައްކަތް ފެށިގެންދާނީ ރާއްޖޭގެ ދެކުނުން ކަމަށެވެ. ކުޅުދުއްފުށީގެ ފްރީ ޒޯނާއެކު އެ ބަނދަރުން ދެމުންގެންދާ ޚިދުމަތްތައް ވަނީ އިތުރުވެފައެވެ. މީގެ ތެރޭގައި ބޮންޑެޑް ޒޯންތަކުގެ އިތުރުން، ބަލްކް ކާގޯ ރައްކާކުރެވޭނެ ޖާގަތައް ތަޢާރަފްކޮށް، އެތެރޭގެ މުދާ އުފުލާ ބޯޓުފަހަރަށް ޚިދުމަތް ދިނުމަށް ބަނދަރުން ވަކި ސަރަހައްދެއް ވަނީ ކަނޑައަޅާފައެވެ.

އެމްޕީއެލްއިން މިހާރު ވަނީ ކުޅުދުއްފުށީ ބަނދަރުން ދޭ ޚިދުމަތްތައް އިތުރަށް ފުޅާކޮށް، އުތުރުގެ ހަތަރު އަތޮޅަކަށް ޚިދުމަތް ފޯރުކޮށްދިނުމަށް ތައްޔާރުވެފައެވެ. މި މަހުގެ 30 ވަނަ ދުވަހު، ބިޒްނަސް ޑިވެލޮޕްމަންޓާއި، ކައުންސިލާއި، ވިޔަފާރިވެރިންނާއި ބޭންކް އޮފް މޯލްޑިވްސް ހިމެނޭ ގޮތަށް 100 އަކަށްވުރެ ގިނަ ފަރާތްތަކާއެކު ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

”އެމްޕީއެލްގެ ލޮޖިސްޓިކް ޚިދުމަތްތައް އުތުރުން ދެކުނަށް ފުޅާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ހުއްދަ ވަނީ ލިބިފައި،“ ރިޝްވާން ވިދާޅުވިއެވެ. މި ހުއްދައާއެކު، ސަރަހައްދީ ވިޔަފާރި ބަނދަރުތަކަށް ގެނެވޭ ކޮންޓެއިނަރުތައް އަތޮޅުތަކަށް ގެންދެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ސަރުކާރުން ކުރިން ވަނީ އުތުރުގެ ފްރީ ޒޯނުގެ އިތުރުން، ދެކުނާއި މެދު ރާއްޖެތެރޭގައިވެސް މިފަދަ ޒޯންތައް ގާއިމްކުރުމަށް ރޭވިފައިވާކަން ހާމަކޮށްފައެވެ. މި މަޝްރޫޢުތަކުގެ ސަބަބުން ރާއްޖޭގެ ވިޔަފާރިއާއި އިގްތިސާދަށް ފައިދާތަކެއް ކުރާނެ ކަމަށް ބެލެވެއެވެ.

އައްޑޫ ސިޓީ އެމްޕީއެލްގެ ސީއީއޯ އަދި އެމްޑީ (ޑީސީޕީ ރިޓަޔާޑް) މުހައްމަދު ރިޝްވާން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ