631 މިލިޔަން ރުފިޔާއަށް 55 ރަށެއްގެ ކައުންސިލް އިމާރާތް އަޅަން އާރުސީސީއަށް

Advertisement

އެންމެ ފަސް

Advertisement

ރާއްޖޭގެ 55 ރަށެއްގެ ކައުންސިލް އިދާރާގެ އާ އިމާރާތް އެޅުމަށް، ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ)އާ ހަވާލުކޮށްފި އެވެ.

މި މަސައްކަތް އާރްސީސީއާ ހަވާލުކޮށްފައިވަނީ 11 މަސްތެރޭގައި ނިންމާގޮތަށް 631 މިލިއަން ރުފިޔާ އަށެވެ. ލޯކަލް ގަވަރމެންޓް މިނިސްޓްރީން ބުނީ މި މަޝްރޫޢުގެ އަމަލީ މަސައްކަތް މި ހިނގާ އޯގަސްޓް މަހުގެ ތެރޭގައި ފެށޭނެ ކަމަށެވެ.

މި މަޝްރޫގެ ދަށުން އިމާރާތްކުރުމަށް ހަމަޖެހިފައިވާ 55 ކައުންސިލް އިމާރާތްނިމޭ އިރު، ގޯތީގެ ވަށާފާރާއި، އޮފީހަށް ބޭނުންވާ ފަރުނީޗަރ ވެސް ލެވިފައި ހުންނާނެ ކަމަށް މިނިސްޓްރީއިން ބުނެފައިވެ އެވެ.

ކައުންސިލް އިމާރާތް އެޅުމަށް ހަމަޖެހިފައިވާ އަތޮޅާއި ރަށްތައް / ފޮޓޯ: ލޯކަލް ގަރަވމެންޓް މިނިސްޓްރީ

އާރުސީސީއާ މި މަޝްރޫއު ހަވާލުކުރީ، ކުރިން މި މަޝްރޫއު ހަވާލުކުރި މެލޭޝިއާގެ ހެކްސްޓާ ގްލޯބަލްއާއެކު ވެވުނު އެއްބަސްވުން ބާތިލްކުރުމަށް ފަހު އެވެ. ހެކްސްޓާއާއެކު ސޮއިކުރި އެއްބަސްވުން ބާތިލްކުރީ ކައުންސިލްތަކުން ހުށަހެޅި ބަދަލުތައް އެ ކުންފުނިން ބަލައިނުގަތުމުން ކަމަށް މީގެ ކުރިން މިނިސްޓްރީއިން ހާމަކޮށްފައިވެ އެވެ.

މި މަޝްރޫއުގެ ދަށުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ރާއްޖޭގެ 100 އަށްވުރެ ގިނަ ރަށުގެ ކައުންސިލް އިމާރާތް އެޅުމަށް ވަނީ ހަމަޖެހިފަ އެވެ.

މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ