އަންނަ އަހަރުން ފެށިގެން ދުންފަތުގެ ބާވާތްތައް އެތެރެކުރެވޭނީ ލޭބަލް ޖަހައިގެން: އެޗްޕީއޭ

Advertisement

އެންމެ ފަސް

Advertisement

އަންނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން ދުންފަތުގެ އެއްވެސް ބާވަތެއް ރާއްޖެއަށް އެތެރެކުރެވޭނީ ސިއްހަތުގެ އިންޒާރު ޕެކޭޖް ބޭރުގައި ޗާޕްކޮށްގެން ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭއިން ނެރުނު ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުން، ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނާއި އެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ އާންމު ގަވާއިދުގެ ފަސްވަނަ ބާބުގައި، ރާއްޖެއަށް އެތެރެކުރާ އަދި ރާއްޖޭގައި ވިއްކާ ދުންފަތުގެ ބާވަތްތައް ހުންނަންވާނެ ގޮތްތަކެއް ވަނީ ކަނޑައަޅާފައެވެ.

މި ގަވާއިދަށް ގެނެވުނު އިސްލާހާ އެކު، ހީޓެޓް ޓޮބޭކޯ ޕްރޮޑަކްޓްސްއާއި ނިކޮޓިން ޕައުޗްވެސް މިހާރު ވަނީ މި އުސޫލުގެ ދަށަށް ގެނެވިފައެވެ. މި އިސްލާހު ވަނީ މި މަހުގެ 29 ވަނަ ދުވަހު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރެވިފައެވެ.

އެޗްޕީއޭއިން އިންޒާރު ދެއްވާފައިވާ ގޮތުގައި، 2025 ޖަނަވަރީ 28 އިން ފެށިގެން އުސޫލާ ޚިލާފަށް ދުންފަތުގެ ބާވަތްތައް ޕެކެޓުކޮށް، ލޭބަލްކޮށްފައިވާނަމަ ގާނޫނާއި ގަވާއިދުގެ ދަށުން ފިޔަވަޅު އަޅާނެއެވެ.

ފާހަގަކޮށްލެވޭ ކަމަކީ، މި ސަރުކާރުން ދުންފަތް ކޮންޓްރޯލްކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރޭގައި ސިނގިރެޓުން ނަގާ ޑިއުޓީ ބޮޑުކުރުމާއި، ރާއްޖޭގައި ވޭޕް ބޭނުންކުރުން މަނާކުރުން ހިމެނެއެވެ. މި އައު ގަވާއިދަކީވެސް ދުންފަތުގެ ބޭނުންކުރުން މަދުކުރުމަށް އަޅާ އިތުރު ފިޔަވަޅެކެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ދުންފަތް ކޮންޓްރޯލްކުރުމާއި، ވޭޕް މަނާކުރުން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ