ރ. އަދި ބ. އަތޮޅުގައި އާރުޓީއެލް ފެރީގެ ޚިދުމަތް ފަށަން ތައްޔާރުވަނީ

Advertisement

އެންމެ ފަސް

Advertisement

ރ. އަތޮޅާއި ބ. އަތޮޅުގައި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ގެ ފެރީގެ ޚިދުމަތް ފެށުމަށް ތައްޔާރުވަމުންދާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައުދީ ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމް އަށް ދިން އިންޓަވިއުއެއްގައި ސައުދީ ވިދާޅުވީ މިހާރު އެންމެ ބާރުމިނެއްގައި ކުރެވެމުން އަންނަ މަސައްކަތަކީ ރ. އަތޮޅުގައި އާރްޓިއެލް ފެރީގެ ހިދުމަތް ފެށުން ކަމަށާއި އަދި އެޔަށް ފަހު ޖުލައި މަހުގެ ތެރޭގައި ބ. އަތޮޅަށް ވެސް ފެރީގެ ހިދުމަތް ފެށުމުގެ މަސައްކަތް މިހާރު ކުރެވެމުންދާ ކަމަށެވެ.

މީގެއިތުރުން ވިދާޅުވެފައިވަނީ ރ. އަތޮޅުގައި އާރްޓީއެލް ފެރީގެ ހިދުމަތް ފަށާ ފުރަތަމަ ހަފްތާގައި ފެރީ އިން ހިލޭ ދަތުރުފަތުރުތައް ކުރެވޭނެ ކަމަށެވެ. އެގޮތުން މިއީ އަޖުމަބެލުމަށްޓާކާއި ކުރާ ދަތުރުތަކެއްކަން ފާހަގަ ކުރައްވަމުން ސައުދީ އިތުރަށް ވިދާޅުވީ މި ދަތުރުތައް ކުރުމަށް ފަހު އިތުރު ބަދަލެއް ގެނައުމަށް އެ ކުންފުންޏަށް ފެންނަ ނަމަ އެ ބަދަލެއް ގެންނާނެ ކަމަށެވެ.

ރާއްޖެ ޓްރާންސްޕޯޓު ލިންކް، އާރްޓީއެލްގެ ޚިދުމަތް ރ. އަދި ބ. އަތޮޅުގައި ދިނުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 15ވަނަ ދުވަހު އެވެ. އެދުވަހު ވަނީ ނ. އަތޮޅުގައިވެސް މި ޚިދުމަތް ދިނުމަށް އެމްޓީސީސީއާ ހަވާލުކޮށްފަ އެވެ. ނ. އަތޮޅުގައި އާރްޓީއެލް ފެރީގެ ޚިދުމަތް މިދިޔަ އަހަރުގެ ޖުލައި މަހުގެ 25 ވަނަ ދުވަހު ވަނީ ފަށާފަ އެވެ.

ރާއްޖޭގެ ރަށްތައް ދަތުރުފަތުރުގެ ނިޒާމުން ގުޅާލުމުގެ މަސައްކަތް އެމްޓީސީސީއާއި ޙަވާލުކޮށްގެން ކުރިއަށްދަނީ 6 ޒޯނަކަށް ބަހާލައިގެނެވެ. އެންމެފަހުން މި ޚިދުމަތް ފެށި ނ. އަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށެއްގައި މި ޙިދުމަތް ފޯރުކޮށްދެއެވެ. މިއާއެކު ރާއްޖޭގެ 9 އަތޮޅެއްގެ 81 ރަށް އާރުޓީއެލް ފެރީގެ ޚިދުމަތުން ގުޅާލެވުނީއެވެ.

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ