ހިޔާގެ ދެވަނަ ޓަވަރުގައި އާ ލިފްޓުތައް ބޭނުންކުރަން ފަށައިފި

Advertisement

އެންމެ ފަސް

Advertisement

ހިޔާ ފްލެޓް ޕްރޮޖެކްޓްގެ ދެވަނަ ޓަވަރުގައި އަލަށް ހަރުކުރި ލިފްޓުތައް ބޭނުންކުރަން ފަށައިފި އެވެ.

މައުލޫމާތު ލިބޭ ގޮތުގައި ހިޔާ ޓަވަރުތަކުގައި އަލަށް ހަރު ކުރަން ފެށި ލިފްޓުތަކުގެ ތެރެއިން އެންމެ ފުރަތަމަ ބޭނުން ކުރަން ފަށާފައިވަނީ ދެވަނަ ޓަވަރުގެ ލިފްޓުތަކެވެ. މި ލިފްޓުތައް ބޭނުން ކުރަން ފަށާފައިވަނީ މިދިޔަ އާދިއްތަ ދުވަހު އެވެ.

އެޗްޑީސީން ބުނެފައިވަނީ ހިޔާގެ 1، 3 އަދި 4 ވަނަ ޓަވަރުގެ ލިފްޓުތައްވެސް ނިމިފައިވާ ކަމަށާއި މިހާރު ކުރިއަށް ދަނީ ލިފްޓުތައް ޓެސްޓު ކުރުމުގެ މަސައްކަތް ކަމަށެވެ. އަދި ވަރަށް އަވަހަށް މި ލިފްޓުތައް ބޭނުން ކުރަން ފެށޭނެކަމަށް އެޗްޑީސީން ބުނެ އެވެ.

ހިޔާގެ ދެވަނަ ޓަވަރުގައި ހަރުކޮށްފައިވާ އާ ލިފްޓުތަކަކީ ޖާގަ ތަނަވަސް ލިފްޓުތަކެކެވެ. އެގޮތުން އެ ލިފްޓުތަކަށް އެއްފަހަރާ 21 މީހުންނަށް އެރޭނެ އެވެ. މި ލިފްޓުތަކަކީ ސްޓްރެޗާވެސް އެރުވޭހާ ޖާގަ ހުރި ލިފްޓުތަކެކެވެ.

ހިޔާ ޓަވަރުތަކުގައި ލިފްޓް މަދުކަމުގެ ޝަކުވާއަކީ އެ ޓަވަރުތަކުގައި މީހުން އާބަދުވީފަހުން ލިބެން ފެށި އެންމެ ގިނަ ޝަކުވާއެވެ. ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓް ހަރުކޮށް މި މައްސަލައަށް ހައްލު ހޯދައިދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ހިޔާ ފްލެޓް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ