މިއަހަރުގެ ބޮޑު އީދުގެ ކުލަގަދަ ހަރަކާތްތައް މާފުށީގައި ލޯންޗް ކޮށްފި

Advertisement

އެންމެ ފަސް

Advertisement

ކ. މާފުށީގައި މިއަހަރުގެ ބޮޑު އީދު ކުލަގަދަކޮށް ފާހަގަކުރުމަށް ކުރިއަށްގެންދިއުމަށް ނިންމާފައިވާ ހަރަކާތްތައް މިއަދު އެރަށުގައި ލޯންޗް ކޮށްފި އެވެ.

އީދުގައި ކުރިޔަށްގެންދާ ހުރިހާ ކުޅިވަރުތަކެއް ހިމަނައިގެން ލޯންޗުކުރި ހަރަަކާތްތަކުގެ ތެޜޭގައި ވެދުމާދިއުން، އީދުބަޑި ރޯކުރުން، ސަގާފީ ޖާފަތް، ބޮޑު ޖަމާއަތުގައި ކުރެވޭ އީދު ނަމާދު، އީދު ސައި، އަދި އީދުގެ މުނާސަބަތުގައި ބޭއްވޭ ހަރަކާތްތަކުގެ ތެރެއިން ކަލަރ ރަން، ކުޑަކުދިންގެ ހަވީރު، އަދި ދިގުމަގު ނެގުމުގެ ސަގާފީ ހަރަކާތްތައް ހިމެނެ އެވެ.

މާފުށީ ކައުންސިލުން ބުނީ، އީދު ޝޯގައި ޕާފޯމް ކުރުމަށް އިކުއަޓިކް ވައިބް އާއި މާފުށި ސަގާފީ ގުރޫޕް އަދި ޝޯގެ ތެރެއިން ހަވާ އެރުއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ވަޅުއީދު ދުވަސްތަކުގެ ހަރަކާތްތަކުގެ ތެޜޭގައި ވާދެމުމުގެ މުބާރާތެއްގެ އިތުރުން ކޯޑި ނެރުން، ނަލަ ކޯޑި ހިނގުން، ރޮބޯމޭން އާއި އެކު މާލި ޕެރޭޑް، ސިމްބޮލިކް ރިކޯޑްސް، ހިޔަލަ ޑާންސް ގްރޫޕް، ނައު އެންޑް ދެން ބޭންޑް، ސްކައި ރޮކް ބޭންޑް އަދި ގެމާ ރޭޒްއާއި ޓްރެފިކް ޖޭމްގެ ހާއްސަ ހަރަކާތްތައް އީދު ޝޯވްގެ ތެރެއިން ބޭއްވުމަށް ތައްޔާރުވަމުންދާ ކަމަށްވެސް މާފުށީ ކައުންސިލުން ބުނެފައިވެ އެވެ.

މީގެ އިތުރުން، ލައިވް މިއުޒިކްް އަދި ބާބަކިއު އަކާއި އެކު މަސްރޭހާއި، ކުލަ އާއި ފެންޖެހުމުގެ ކުޅިވަރުތައް އޮންނާނެ ކަމަށްވެސް އެ ކައުންސިލުން ބުނެފައިވެ އެވެ.

މާފުށީ ކައުންސިލުން ބުނީ، ބޮޑު އީދުގެ ކުޅިވަރުތައް 4 ބަޔަކަށް ބަހާލެވިފައިވާ ކަމަށާއި، ހައްޖު ދުވަހުގެ ރެއިން ފެށިގެން ދާ ހަރަކާތްތައް 09 ޖޫން އާ ހަމައަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ކޮންމެ ގޭބީސީއަކުންވެސް އެ ގެއެއްގެ ދޮރުމަތީ ބޮކިފަތިން ދިއްލައި ޒީނަތްތެރި ކުރުމަށް ހުޅުވާލެވިފައިވާ ކަމަށާއި، މުބާރާތުގައި ބައިވެރިވާ ގޭބީސީތަކުގެ ތެރެއިން އެންމެ ރީތިކޮށް އަދި އުފެއްދުންތެރިކަމާއި އެކު ޑިޒައިންކޮށް ދިއްލާފައިވާ 3 ގޭބީސީއަކަށް، ކޮންމެ ގޭބީސީއަކަށް 5000 ރުފިޔާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެ ކައުންސިލުން ބުނެފައިވެ އެވެ.

ބޮޑު އީދު ކ. މާފުށި

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ