މެލޭޝިޔާގެ ފުލުހުން މެދުވެރިކޮށް ޔުމްނުގެ ބަޔާން ނެގުމަށް މަސައްކަތްކުރަނީ

Advertisement

އެންމެ ފަސް

Advertisement

މިޓާޒް ގޭގެ ފުރާޅު މައްޗަށް ވެއްޓުނު ކަމަށް ބެލެވޭ ހައްވާ ޔުމްނު ރަޝީދުގެ މައްސަލައިގައި، އޭނާގެ އާއިލާއިން ފުލުހުންނަށް އެއްބާރުލުން ނުދޭކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ބުނެފި އެވެ.

ފުލުހުން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި، މި މައްސަލައިގެ ތަހުގީގަށް ޔުމްނުއާ ސުވާލުކުރުމުގެ އިންތިޒާމް އާއިލާގެ އެއްބާރުލުމާއެކު ހަމަޖެއްސުމަށް ވަނީ ތައްޔާރުވެފަ އެވެ. އަދި އިތުރު ފަރުވާއަށް މެލޭޝިޔާއަށް ގެންދިޔަ ދުވަހުން ފެށިގެން ދެ ފުލުހުން މެލޭޝިޔާގައި ތިބިކަމަށާއި، އޭގެ ތެރެއިން އެއް ފުލުހަކީ މެޑިކަލް ޑޮކްޓަރެއްކަން ފުލުހުން ވަނީ ފާހަގަކޮށްފަ އެވެ.

ފުލުހުން އިތުރަށް ހާމަކުރި ގޮތުގައި، މިއަދާ ހަމައަށް ތަކުރާރުކޮށް މުއާމަލާތުކުރަން މަސައްކަތް ކުރަމުން ގެންދިޔަ ނަމަވެސް، ޔުމްނުގެ އާއިލާގެ ފަރާތުން ފުލުހުންގެ ތަހުގީގަށް އެއްބާރުލުން ލިބިފައި ނުވެ އެވެ. މީގެ އިތުރުން، ޔުމްނުގެ ސިއްހީ ހާލަތާ ގުޅޭގޮތުން އެއްވެސް މައުލޫމާތެއް މިހާތަނަށް ހިއްސާކޮށްފައި ނުވާކަމަށާއި، މެލޭޝިޔާގައި ފަރުވާ ދެމުން ދިޔަ ހޮސްޕިޓަލް ބަދަލުކުރި އިރުވެސް ފުލުހުންނާ އެ މައުލޫމާތު ހިއްސާކޮށްފައި ނުވާކަމަށް ވެއެވެ.

ފުލުހުންގެ ތަހުގީގު ޓީމުން މިހާތަނަށް މަސައްކަތް ކުރަމުން ދިޔައީ އާއިލާގެ ފަރާތުން އެއްބާރުލުން ލިބޭނެ ކަމުގެ އުންމީދުގައި ކަމަށާއި، ނަމަވެސް އެއްބާރުލުން ލިބިފައި ނުވާތީ، މެލޭޝިޔާގެ ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ތަހުގީގަށް ބޭނުންވާ މައުލޫމާތު ހޯދުމަށްޓަކައި މެލޭޝިޔާ ފުލުހުންނާ ގުޅިގެން މަސައްކަތް ކުރަމުން ގެންދާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އިތުރު ފަރުވާއަށް ޔުމްނު މެލޭޝިޔާއަށް ގެންގޮސްފައިވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހު އެވެ.

ޔުމްނުގެ އާއިލާއިން ބުނެފައިވާ ގޮތުގައި ޔފަރުވާއަށް މެލޭޝިޔާއަށް ގެންދިޔަފަހުން ޔުމްނު ވަނީ އާއިލާއަށް ކަން ހިނގާދިޔަގޮތް ކިޔައިދީފަ އެވެ. އެގޮތުން ޔުމްނުގެ ދައްތަ ދިން މައުލޫމާތުގައި، ހާދިސާ ހިނގި ހ. ފެންޓެނޯއީ ގެއަކީ ޔުމްނު ކުރިންވެސް ގޮސް އުޅުނު ގެއެއްކަމަށާއި، އެރޭ އެގެއަށް ދިޔައީ މައްސަލައާ ގުޅިގެން ފުރުން މަނާކޮށްފައިވާ ޔޫސުފް ޔައްސާރު އަބްދުލްގަފޫރުގެ ދައުވަތަކަށް ކަމަށް ޔުމްނު ބުނެފައިވާކަމަށް ހާމަކޮށްފައިވެ އެވެ. އަދި ހާދިސާ ހިނގި ވަގުތު، މިހާރު ހައްޔަރުކޮށްފައިވާ ރައުދުގެ އިތުރުން އިތުރު ހަތަރު މީހަކު އެތަނުގައި ތިބިކަމަށްވެސް ޔުމްނު ބުނެފައިވާކަމަށް އޭނާގެ ދައްތަ ބުނެފައިވެ އެވެ.

މައްސަލައާ ގުޅިގެން ޔުމްނުގެ ދައްތަ ހާމަކުރި މަޢުލޫމާތުގައި، ”އެ ވީ ކަމަކީ، ޔުމްނުގެ އަނގައިން ބުނެފައިވަނީ، އެފަދަ ކަމެއް އަމިއްލައަށް ނުކުރަމޭ. އަޅުގަނޑު އަމިއްލައަށް ނުވެއްޓެމޭ ކަމަށް ބުނެފައިވެ އެވެ. އަދި އެ ހާދިސާ ހިނގިއިރު އެތަނުގައި ޔައްސާރު، ރައުދުގެ އިތުރުން އިތުރު ހަތަރު މީހުން ތިބިކަން ވެސް އޭނާ ވަނީ ހާމަކޮށްފަ އެވެ.

ނަމަވެސް ޔުމުންގެ އާއިލާއިން ހަމަކުރި އެ މައުލޫމާތުގައި ދެކޮޅު ނުޖެހޭ ބައެއްކަންކަން ހުރިކަން ފަހުން ވަނީ ހާމަވެފަ އެވެ. އެގޮތުން އެ ވަގުތު، ހާދިސާ ހިނގި ގޭގައި ޔައްސާރު ހުރިކަމަށް ޔުމުންގެ އާއިލާއިން، ޔުމްނުއާ ހަވާލާދީ ތުހުމަތުކުރާއިރު، މިހާތަނަށް ހާމަކުރި އެއްވެސް ސސީސީޓީވީ ފުޓޭޖްއަކުން ޔައްސާރު އެ ގެޔަށް ވަންނަ މަންޒަރެއް ނުފެނެ އެވެ.

ފުލުހުން ނެރުނު ބަޔާން

މި މައްސަލައިގެ ތުހުމަތުގައި ފުލުހުންގެ ހައްޔަރުގައި ހުރި ރައުދު އަހުމަދު ޒިލާލް މިއަދު ވަނީ ބަންދުން ދޫކޮށްލައިފަ އެވެ.

ފުލުހުން ރައުދު ހައްޔަރުކޮށްފައިވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހުގެ އިރު އޮއްސުނު ފަހުންނެވެ. ހަތަރު ފަހަރެއްގެ މަތިން ރައުދުގެ ބަންދު މުއްދަތު ޖަހާފައިވާއިރު، އެންމެ ފުރަތަމަ ރައުދުގެ ބަންދަށް 5 ދުވަހުގެ މުއްދަތެއް ޖެހިއިރު އޭގެފަހުން 10 ދުވަސް، އޭގެފަހުން ފަސް ދުވަސް އަދި އެންމެފަހުން ވަނީ 20 ދުވަސް ބަންދަށްދީފަ އެވެ.

މީގެ އިތުރުން، ހާދިސާ ހިނގި ރޭ ޔުމްނުއާއެކު އުޅުނު އިތުރު ހަތް މީހުންގެ ފޯނާއި ޕާސްޕޯޓްވެސް ވަނީ ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓާފަ އެވެ. މިގޮތުން އައިޝަތު ލަޔާލީ އިޤުބާލް، އިޒްދިޔާން މުޙައްމަދު މައުމޫން، ޔޫސުފް އަޙްމަދު އަކްރަމް، ޔޫސުފް ޔައްސާރު ޢަބްދުލްޣަފޫރު، އާމިނަތު ޖުނައިރާ ޖަމްޝީދު، ޙުސައިން ހަމީސް ޢަލީ އަދި އިޖާޒް ޖާއިޒްގެ ފޯނާއި ޕާސްޕޯޓް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

 

އަންހެނަކު ވެއްޓުން ދިވެހި ފުލުހުންގެ ޚިދުމަތް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ