ހުޅުމާލެ ފޭސް 2 ގައި ރޭ މާރާމާރީއެއް ހިންގައިފި އެވެ.
ފުލުހުން ބުނެފައިވަނީ H11 ކައިރީ މާރާމާރީ އެއް ހިންގި މައްސަލަ ރޭ 23:51 ހާއިރުގައި ފުލުހުނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެގޮތުން މި މާރާމާރީގައި 2 މީހަކަށް އަނިޔާވެފައިވާކަމަށާއި އެކެެއްގެ ބޯ ދަށުން ފަޅައިގެން ގޮސް އަނެއްމީހާގެ ބުރަކަށި އެކި ތަންތަނުން ދުޅަވެ ދެ އަތުގެ އުޅަބޮށި މަށައިގެން ގޮސްފާއި ކަމަށް ފުލުހުން މައުލޫމާތުދީފައިވެ އެވެ.
މީގެއިތުރުން މި މާރާމާރީ ހިންގި މީހުން ފޯނު ފޭރިގެންފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ. މި މާރާމާރީގައި އަނިޔާ ލިބުން 2 މީހުނަށް ފަރުވާ ދިނުމަށްޓަކާއި ގެންގޮސްފައިވަނީ ހުޅުމާލެ ހޮސްޕިޓަލަށް ކަމަށް ފުލުހުން ބުނެފައިވެ އެވެ.
ފުލުހުން ބުނެފައިވަނީ މި މައްސަލަ ތަހުގީގުކުރަމުން ގެންދާ ކަމަށެވެ.



