އެސްޓީއޯ ހުޅުމާލޭ ސްމާޓު ސްޓޯރު ހިންގި ތަން ފާމަސީއަކަށް ބަދަލުކުރަނީ

Advertisement

އެންމެ ފަސް

Advertisement

ހުޅުމާލެ ފޭސް 1ގައި އެސްޓީއޯ އިން ހިންގަމުން އައި ސްމާޓު ސްޓޯރު ފާމަސީއަކަށް ބަދަލުކުރުމަށް ތައްޔާރުވެއްޖެ ކަމަށް އެ ކުންފުނިން ހާމަކޮށްފި އެވެ.

މި މަޢުލޫމާތު ހާމަކުރެއްވީ ރޭ ބޭއްވި އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވި ގޮތުގައި، މި ފާމަސީ ކުރިއަށް އޮތް ހަފުތާ ނުވަތަ ޖެހިގެން އަންނަ ހަފުތާ ތެރޭގައި ހުޅުވާލެވޭނެ އެވެ. އަދި މި ބަދަލާއެކު ވެސް، މިހާރު ހުޅުމާލެ ހޮސްޕިޓަލް ކައިރީގައި ހުންނަ އެސްޓީއޯ ފާމަސީން ވެސް ޚިދުމަތް ދެމުން ގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އިތުރު ތަރައްޤީގެ މަޝްރޫޢުތަކުގެ ތެރެއިން، ހުޅުމާލެ ފޭސް 2ގައި ވެސް އެސްޓީއޯގެ އިތުރު ފާމަސީއެއް ގާއިމުކުރުމުގެ ޕްލޭނު އޮތް ކަމަށް ޝިމާދު ހާމަކުރެއްވި އެވެ. މީގެ އިތުރުން، އެސްޓީއޯގެ މައި އޮފީސް ކުރިމަތިން އޮންނަ ބިމުގައި 15 ފަންގިފިލާގެ މަލްޓިޕާޕަސް އިމާރާތެއް އެޅުމަށް ވެސް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ފާހަގަކޮށްލެވޭ ކަމެއްގެ ގޮތުގައި، ރާއްޖޭގެ ފުރަތަމަ އާޓިފިޝަލް އިންޓެލިޖެންސް ސްމާޓް ފިހާރައިގެ ގޮތުގައި މި ފިހާރަ 2023 ވަނަ އަހަރު ހުޅުވުނު ނަމަވެސް، މިދިޔަ ރަމަޟާން މަހަށް ފަހު މި ފިހާރަ ވަނީ ބަންދުކުރެވިފަ އެވެ. މިހާރު މި ތަން ފާމަސީއަކަށް ބަދަލުކުރުމަކީ ރައްޔިތުންނަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމެއް ކަމުގައި ބެލެވެ އެވެ.

އެސްޓީއޯގެ އެމްޑީ އިބްރާހީމް ޝިމާދު ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ