ހުޅުމާލޭގައި މީހުން އާބާދުވިތާ 21 އަހަރު ފުރުން ފާހަގަ ކުރުމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ހަވީރު ބާއްވާ ފެމިލީ ކާނިވަލުގައި ގިނަ ކުޅިވަރުތަކަކާއެކު ތާޒާގެ ސްޓޯލްއެއް ފެނިގެންދާނެކަމަށް ތާޒާ ފެން އުފައްދާ އައިލެންޑް ބެވަރޭޖް މޯލްޑިވްސް (އައިބީއެމް) އިން ބުނެފި އެވެ.
އައިބީއެމްއިން ބުނީ ތާޒާގެ މި ސްޓޯލްގައި ކުޅިވަރުތަކުގެ އިތުރުން އެކި ކަހަލަ އިނާމުތައްވެސް ލިބިގެންދާނެކަމަށެވެ.
ތާޒާގެ ސްޓޯލްގައި ހިމެނޭ ކުޅިވަރުތައް:
- މިނީ ބާސްކެޓްބޯލް
- ސެކް ތްރޯ
- ޓާގެޓް ޝޫޓިން (ޖެލް ބްލާސްޓާ)
މީގެ އިތުރުން މި ސްޓޯލްއިން ހިލޭ ތާޒާ ފެން ލިބޭނެކަމަށް އައިބީއެމްއިން ބުނެ އެވެ.
ފެމިލީ ކާނިވަލް އޮންނާނީ މިއަދު ހަވީރު 16:00 އިން ފެށިގެން 18:00 ގެ ނިޔަލަށް ހުޅުމާލެ ހިޔާ ޕާކާއި ރުއްގަނޑު 3 ސަރަހައްދުގަ އެވެ.
ފެމިލީ ކާނިވަލްއަކީ ހުޅުމާލޭގައި މީހުން އާބާދުވިތާ 21 އަހަރު ފުރުން ފާހަގަ ކުރުމަށް އެޗްޑީސީން ކުރިއަށް ގެންދާ މައި ހުޅުމާލެ ފެސްޓިވަލްގެ ހަރަކާތްތަކުގެ ތެރެއިން އެއް ހަރަކާތެވެ. މިއީ އެއް ހަފްތާގެ މުއްދަތަކަށް ކުރިއަށް ގެންދާ ހަރަކާތްތަކެކެވެ. އެޗްޑީސީން މައި ހުޅުމާލެ ފެސްޓިވަލް ކުރިއަށް ގެންދަނީ އުރީދޫ އާއި އައިބީއެމްއާ ގުޅިގެންނެވެ.
މައި ހުޅުމާލެ ފެސްޓިވަލްގެ ފުރަތަމަ ހަރަކާތަކަށް ފެމިލީ ކާނިވަލް މިއަދު ބާއްވާ އިރު މިއަދަކި ކުޑަ ކުދިންގެ ދުވަސްކަން ފާހަގަކޮށްލަން ޖެހެ އެވެ.
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އައިލެންޑް ބެވަރޭޖް މޯލްޑިވްސް
