ދުންފަތާ ދެކޮޅަށް ކުރިއަށްގެންދާ ’ނެޝަނަލް ޓޯޗް ރަން‘ އަށް އެޗްޑީސީ މުވައްޒަފުންގެ ބޮޑު ތަރުހީބެއް

Advertisement

އެންމެ ފަސް

Advertisement

ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލުކުރުން ކޮންޓްރޯލް ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ދުންފަތާ ދެކޮޅަށް ކުރިއަށްގެންދިޔަ ’ނެޝަނަލް ޓޯޗް ރަން’ގައި އެޗްޑީސީގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވެފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ހެލްތު މިނިސްޓްރީ އަދި، ސްޕޯޓްސް މިނިސްޓްރީ ގުޅިގެން އިއްޔެއާއި މިއަދު މާލޭ އެކުވެނި ޓްރެކްގައި ކުރިއަށްގެންދާ މި ދުވުމަކީ، ދުންފަތުގެ ނުރައްކަލުން ރާއްޖެ ސަލާމަތް ކުރުމާއެކު، ދުޅަހެޔޮ އަދި ހަރުދަނާ މުޖުތަމައެއް ބިނާކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކަށް ހޭލުންތެރިކުރުމަށް ކުރިއަށްގެންދާ ހަރަކާތެކެވެ.

ޖެނެރޭޝަނަލް ބޭން ގާނޫނަށް އަމަލުކުރަން ފެށުމުގެ ގޮތުން ދުންފަތާ ދެކޮޅަށް، ހުއްޓުމެއްނެތި 24 ގަޑިއިރަށް ކުރިއަށްގެންދާ މި ދުވުމުގައި، އެޗްޑީސީގެ އެމްޑީ ބްރިގޭޑިއަރ ޖެނެރަލް (ރޓޑ) އަލީ ޒުހައިރާއެކު މުޅި ކުންފުނީގެ 350 އަށްވުރެ ގިނަ މުވައްޒަފުން ބައިވެރިވެފައިވާ ކަމަށް އެޗްޑިސީއިން ބުނެފައިވެ އެވެ.

ދުންފަތުގެ ޖެނެރޭޝަނަލް ބޭން ހިމަނައި، ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ގާނޫނަށް ގެނައި ދެވަނަ އިސްލާހަށް މިއަދު އަމަލުކުރަންފަށާއިރު، ސަރުކާރުން ކުރިއަށްގެންދާ މިފަދަ މުޖްތަމައުއަށް ފައިދާހުރި ކަންކަމުގައި އެޗްޑީސީގެ ޓީމުން އަބަދުވެސް ފުރިހަމަ އެއްބާރުލުންދެ އެވެ.

އެޗްޑީސީގެ އަމާޒަކީ، ކުރިއަށްއޮތްތަނުގައިވެސް ސަރުކާރުން ކުރިއަށްގެންދާ މިފަދަ ހަރަކާތްތަކުގައި ބައިވެރިވެ، ދުޅަހެޔޮ ރާއްޖެއެއް ބިނާކުރުމަށް އެހީތެރިވުން ކަމަށްވެސް އެޗްޑީސީއިން ބުނެފައިވެ އެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ