ރައީސް މެލޭޝިއާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި

Advertisement

އެންމެ ފަސް

Advertisement

ރައީސް ޑރ. މުހައްމަދު މުއިއްޒު މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި އެވެ.

ރައީސް އެ ގައުމަށް ވަޑައިގެންނެވީ މި މަހުގެ 27 ވަނަ ދުވަހުގަ އެވެ. މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ވަޒިރުންނާއި އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

މި ދަތުރުފުޅުގައި ރައީސް ވަނީ އެގައުމުގެ ބޮޑުވަޒީރު އަންވަރު އިބްރާހިމާއި އެ ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރައްވައި މުހިންމު މަޝްވަރާތަކެއް ކުރައްވާފަ އެވެ.

އަދި ހަތަރު ދާއިރާއަކުން އެއްބާރުލުން ދިނުމާއި ގުޅޭ ގޮތުން އެއްބަސްވުންތަކެއްގައި ސޮއިކުރައްވާފައިވެ އެވެ. އެއީ ޞިއްހީ، ކުޅިވަރު، ތަޢުލީމުގެ އިތުރުން ޑިޕްލޮމެޓުން ތަމްރީންކުރުމުގެ ދާއިރާ އެވެ.

ރާއްޖެ-މެލޭޝިޔާ އިންވެސްޓްމެންޓް ފޯރަމް ބާއްވައި ރައީސް ވަނީ މެލޭޝިއާގެ އިންވެސްޓަރުންނަށް ދިވެހިރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުޞަތުތަކުގެ މަޢުލޫމާތު ދެއްވާފަ އެވެ.

މީގެ އިތުރުން، ރައީސް އަދި ވަޒީރުންގެ ވަފުދުން ވަނީ މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރައްވާފަ އެވެ. މެލޭޝިއާ އަކީ އެންމެ ގިނަ އަދަދަކަށް ދިވެހިން ދިރިއުޅޭ އެއް ގައުމެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖެ - މެލޭޝިޔާ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ