މ. މުލި އެއާޕޯޓުގައި ޓެސްޓު ފްލައިޓް ޖައްސައިފި އެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މިއަދު މެންދުރުފަހު، ފުރަތަމަ ޓެސްޓު ފްލައިޓް މުލި އެއާޕޯޓްގައި ޖައްސާފައިވާ ކަމަށެވެ. އަދި މުލި އެއާޕޯޓްގެ މަސައްކަތް ނިމި، ހުޅުވުމަށް ފަހުގެ ތައްޔާރީތައްވަމުން އަންނަ ކަމަށް މިނިސްޓްރީން ބުންޏެވެ.
މުލި އެއާޕޯޓަށް ޓެސްތު ފްލައިޓްގެ ގޮތުގައި މިއަދު މެންދުރުފަހު، ޖައްސާފައިވަނީ މޯލްޑިވިއަންގެ ޑޭޝް-8 މަރުކާގެ ބޯޓެކެވެ.
ޓެސްޓް ދަތުރަކީ ކޮމާޝަލް ދަތުރުތައް ފެށުމުގެ ކުރިން، އެކަމަށް ބޭނުންވާ އެސެސްމަންޓްތައްް ހެދުމަށް ކުރާ ދަތުރެކެވެ.
މުލީގައި އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް ފެށިފައި ވަނީ 2022 ވަނަ އަހަރުގެ ކުރީކޮޅު އެވެ. މި އެއަރޕޯޓަކީ އެތެރޭގެ އުދުހުންތަކަށް ޚާއްޞަ އެއަރޕޯޓެއްގެ ގޮތުގައި ތަރައްޤީކުރެވޭ އެއަރޕޯޓެކެވެ. 1200 މީޓަރުގެ ދިގުމިނާއި 30 މީޓަރުގެ ފުޅާމިނުގެ ރަންވޭއެއް މި އެއާޕޯޓްގައި ހިމެނެ އެވެ.
221 މިލިއަން ރުފިޔާގެ ބަޖެޓެއްގައި ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން އެޅޭ އެއާޕޯޓް ރަސްމީކޮށް ހުޅުވުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 1 ވަނަ ދުވަހުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ހާމަކުރައްވާފަ އެވެ.
ރީޖަނަލް އެއާޕޯޓްސް ކޮމްޕަނީ ލިމިޓެޑް (އާރްއޭސީއެލް) މ. މުލި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ