އަންހެން ކުއްޖާ ވެއްޓުނު މައްސަލަ: އެރޭ އެކުއްޖާއާއެކު އުޅުނު އެންމެންގެ ޕާސްޕޯޓު ހިފަހައްޓައިފި

Advertisement

އެންމެ ފަސް

Advertisement

މާލޭގެ ގެއެއްގެ 9 ވަނަ ފަންގި ފިލާއިން ވެއްޓުނު އަންހެން ކުއްޖާ އެންމެ ފަހުން އެކުގައި އުޅުނު އެންމެންގެ ޕާސްޕޯޓް ހިފަހައްޓާފައިވާކަމަށް ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވެއްޖެ އެވެ.

ސީޕީ ޝުޖާއު މިހެން ވިދާޅުވީ މި މައްސަލައާ ގުޅިގެން މިއަދު އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ސީޕީ ޝުޖާއުގެ އިތުރުން ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީންވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ސީޕީ ވިދާޅުވީ އަންހެން ކުއްޖާ ވެއްޓުނު ރޭ އެ ކުއްޖާއާއެކު އެންމެ ފަހުން އުޅުނު ފިރިހެން މީހާގެ އިތުރުން އިތުރު 7 މީހުން އުޅުނު ކަމަށެވެ. ނަމަވެސް އެ 7 މީހުންނާއެކު ވެއްޓުނު ކުއްޖާއާއި އެ ކުއްޖާއާއެކު އުޅުނު ފިރިހެން ކުއްޖާ ހަރަކާތްތެރިވެފައިވަނީ އެހެން ގެއެއްގައިކަމަށް ސީޕީ ވިދާޅުވި އެވެ. އަދި އެ އެންމެންގެ ޕާސްޕޯޓް މިހާރު ހިފަހައްޓާފައިވާ ކަމަށާއި ރާއްޖޭން ބޭރަށް ނުދެވޭނެކަމަށް ސީޕީ ވިދާޅުވި އެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވަނީ ވެއްޓުނު އަންހެން ކުއްޖާ އާއި އޭނާއާއެކު އެންމެ ފަހުން އުޅުނު ފިރިހެން މީހާ ހ. ފެންޓެނޯއީގައި އުޅުނު މަންޒަރުތައް ދައްކާލާފަ އެވެ.

އަންހެން ކުއްޖާ ފުރާޅު މައްޗަށް ވެއްޓިފައި އޮތް ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިމަހުގެ 18 ވީ ހުކުރު ދުވަހުގެ ހެނދުނު 7:23 ހާއިރު އެވެ.

ވެއްޓުނު ކުއްޖާއަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުން އަންނައިރު، މިހާރު އޭނާ ވެންޓިލޭޓަރުން ވަނީ ނަގައިފަ އެވެ.

ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ދިވެހި ފުލުހުންގެ ޚިދުމަތް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ