މިނިސްޓަރު ޝިޔާމްގެ ރައްދެއް ޖަމީލަށް: ސިޔާސީވިޔަސް ތީ ފުކެއް ބޮޑުވަރު

Advertisement

އެންމެ ފަސް

Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ނިސްބަތްކޮށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ދެއްކެވި ވާހަކަފުޅަކަށް، ސިޔާސީ ވިޔަސް މިއީ ފުކެއް ބޮޑުވަރު ކަމަށްވިދާޅުވެ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ރައްދު ދެއްވައިފި އެވެ.

މިނިސްޓަރު ޝިޔާމް ރައްދުދެއްވާފައިވަނީ އިދިކޮޅު ޕީއެންއެފްގެ ޖަލްސާއެއްގައި ޖަމީލް ދެއްކެވި ވާހަކައަކަށެވެ. ޖަމީލް ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ނިސްބަތްކޮށް އެމަނިކުފާނަށް ސުވަރުގެ ހަރާމްކުރައްވާފައިކަމަށް ވިދާޅުވެފަ އެވެ.

މިނިސްޓަރު ޝިޔާމް ވިދާޅުވީ، ”ކަންމަތިން މައިކެއް އަތުޖެހުނަސް ތިމާގެ ހޭބުއްދިފިލާ ދުނިޔެރަންވެފަ މިތިބެނީ. ފިއްތާލައްވާފަވިޔަސް ކޮންމެރެޔަކު އަވަހާރަފުޅު ލައްޕަވާއިރު 2023 ގައި ރައްޔިތުން އިންތިޚާބުކުރެއްވި ވެރިޔަކީ ޑރ. މުޢިއްޒޭ ހިތްޕުޅަށް ގެންނެވީމަ ބޮޑުތަނުން ރަނގަޅުވާނެ“ ކަމަށެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން، މިނިސްޓަރު ވިދާޅުވީ ވެރިކަމަކީ ހެޔޮނިޔަތާއެކު ގަދައަޅާ މަސައްކަތްކުރާ ބަޔަކަށް ﷲ ސުބުޙާނަހޫ ވަތަޢާލާ ދެއްވާ އެއްޗެއް ކަމަށެވެ. އަދި އަޅުގަނޑުމެން އުނގެނި ޤަބޫލުކޮށްގެން ތިބީ ހެޔޮ ޢަމަލު ކުރުންމަތީ ދެމި ތިބޭ ބަޔަކަށް ސުވަރުގެ ދެއްވަނީވެސް އެކަލާންގެ ކަމަށް ކަމުގައިވެސް މިނިސްޓަރު ވިދާޅުވި އެވެ.

”އެއީ ކަންމަތިތަކުން ނިންމާ ނިންމުންތަކެއް ނޫން. ތެދުމަގު ދައްކަވާށި“ ކަމަށް މިނިސްޓަރު ޝިޔާމް ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިނިސްޓަރު އަހްމަދު ޝިޔާމް ޑރ. މުހައްމަދު ޖަމީލް ޕީއެންއެފް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ