40 އެގްޒިބިޓަރުންނާއެކު މި އަހަރު ވެކޭޝަންސް އެކްސްޕޯ ފަށައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

މިއަދުން ފެށިގެން މި މަހުގެ 25 އާ ހަމައަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްދާ ވެކޭޝަންސް އެކްސްޕޯ 2025 ރަސްމީކޮށް ފަށައިފި އެވެ.

މި އެކްސްޕޯ ރަސްމީކޮށް ހުޅުވައިދެއްވީ ޓޫރިޒަމް އެންޑް އެންވަޔަރަމަންޓު މިނިސްޓަރު ތޯރިގު އެވެ.

ހައިރައިސް ޕްރައިވެޓް ލިމިޓެޑުން އިންތިޒާމުކުރާ މި އެކްސްޕޯގައި މިއަހަރު 40 އެގްޒިބިޓަރުން ބައިވެރިވެފައިވާއިރު، އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރުވެސް ހާއްސަ ޓްރެވަލް ޕެކޭޖުތަކާއި، ރާއްޖެއާއި ބޭރުގެ މަންޒިލްތަކަށް ދަތުރުކުރުމާ ގުޅޭ މުހިންމު މައުލޫމާތުތައް ހިއްސާކުރެވޭނެ އެވެ.

މިއަހަރުގެ އެކްސްޕޯގެ މެއިން ސްޕޮންސަރަކީ އޭސް ޓްރެވެލްސް އެވެ. އަދި ކޯ ސްޕޮންސަރުންގެ ގޮތުގައި އިނަ މޯލްޑިވްސް، އޭސް އޭވިއޭޝަން ސާވިސަސް، އަދި ވޮޔޭޖެސް މޯލްޑިވްސް ހިމެނެ އެވެ.

މި އެކްސްޕޯގައި ބައިވެރިވެފައިވާ އެގްޒިބިޓަރުންގެ ތެރޭގައި ޓޫރިސްޓު ހޮޓާތަކާއި ގެސްޓްހައުސްތައް، އެއާލައިންތައް، ޓްރެވެލް އެޖެންޓުން، ސަރުކާރުގެ އިދާރާތައް، ބޭރުގެ އެމްބަސީތަކުގެ އިތުރުން މޫދު ކުޅިވަރުގެ ވިޔަފާރިތަކާއި ދިވެހިން އާންމުކޮށް ބޭސްފަރުވާއަށް ދާ ގައުމުތަކުގެ ހޮސްޕިޓަލްތައް ހިމެނެ އެވެ.

އެމްއެމްޕީއާރުސީ، މަޓީ، މަޓާޓޯ އަދި އެންއެޗްޖީއޭއެމް ފަދަ ފަތުރުވެރިކަމުގެ ދާއިރާގެ އިސް ޖަމިއްޔާތަކުން މި އެކްސްޕޯ އެންޑޯސްކޮށްފައިވުމަކީ މި އެކްސްޕޯގެ ހައިބަތު އިތުރުކޮށްދޭ ކަމެއްގެ ގޮތުގައި ހައިރައިސް އިން ފާހަގަކުރެ އެވެ.

ވެކޭޝަން އެކްސްޕޯ މިނިސްޓަރ ޠާރިޤު އިބްރާހީމް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ