3740 ކުލާސްރޫމް އޭސީކޮށް ނިންމަން ވާންޖެހޭ ތައްޔާރީތައް މިހާރުވަނީ ނިމިފައި: އެޑިޔުކޭޝަން

Advertisement

އެންމެ ފަސް

Advertisement

ސަރުކާރު ސްކޫލުތަކުގައި ހުރި 3740 ކުލާސްރޫމް އަންނަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް އޭސީކޮށް ނިންމުމަށް ވާންޖެހޭ އެންމެހާ ތައްޔާރީތައް މިހާރު ވަނީ ނިމިފައި ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން މިއަދު ހާމަކޮށްފި އެވެ.

މިކަން އިއުލާނު ކުރެއްވީ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިއަދު ދެއްވި 2025 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ޚިޠާބުގަ އެވެ. މިއީ ކޫލް ސްކޫލް ޕްރޮގްރާމްގެ ދަށުން ކުރިއަށްގެންދާ މަސައްކަތެއް ކަމަށްވާއިރު، މި ޕްރޮގްރާމް ވަނީ 2024 ވަނަ އަހަރުގެ ޖޫން މަހުގެ 2 ވަނަ ދުވަހު ފަށާފަ އެވެ.

މިނިސްޓަރު ޝަފީއު ވިދާޅުވި ގޮތުގައި ”މާތް ﷲގެ ހެޔޮ ރަޙްމަތްފުޅާއި ވާގިފުޅާއެކު މިފެށޭ 2025 ވަނަ އަހަރުގެ ދިރާސީއަހަރު ވެގެންދާނީ، ރާއްޖޭގެ މަދަރުސީ ނިޒާމުގެ ފެންވަރު ކަށަވަރުކޮށް ފެންވަރު އިތުރަށް ރަގަޅުކުރުމަށްޓަކައި މުހިއްމު ކަންތައްތަކެއް ތަންފީޒުކުރެވިގެންދާނެ އަހަރަކަށް“ ކަމަށެވެ.

އެޑިޔުކޭޝަން މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި ދިރާސީ އަހަރު ރާއްޖޭގެ ސްކޫލުތަކުގައި އެކި މަރުހަލާތަކުގައި ކިޔަވަމުންދާނީ 90,000 އަށްވުރެ ގިނަ ދަރިވަރުންނެވެ. އަދި މި ދަރިވަރުންނަށް ކިޔަވައިދެއްވުމަށް 11,000 އަށްވުރެ ގިނަ މުދައްރިސުން މަސައްކަތް ކުރައްވާނެއެވެ.

ސްކޫލުތަކުގެ ކުލާސްރޫމްތައް އޭސީކުރުމުގެ މަޝްރޫއަކީ ދަރިވަރުންނަށް ކިޔެވުމަށް މާހައުލެއް ގާއިމުކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ އެންމެ ބޮޑު އެއް މަޝްރޫއެވެ. މި މަޝްރޫއުގެ ދަށުން ރާއްޖޭގެ ހުރިހާ ސަރުކާރު ސްކޫލުތަކެއްގެ ކުލާސްރޫމްތައް އޭސީކުރެވިގެންދާނެއެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިނިސްޓްރީ އޮފް އެޑިޔުކޭޝަން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ