ކުޑަހުވަދޫގައި ޕޯޓްއެއް ތަރައްގީކޮށް ހިންގުމަށް އެމްޕީއެލްއާއި ހަވާލު ކޮށްފި

Advertisement

އެންމެ ފަސް

Advertisement

ދ. ކުޑަހުވަދޫ ވިޔަފާރި ބަނދަރު ތަރައްޤީކޮށް ހިންގައި ބެލެހެއްޓުމަށް، އެމްޕީއެލްއާއެކު އިކޮނަމިކް މިނިސްޓްރީ އިން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މިކަން ހާމަ ކޮސްފައި ވަނީ، އިކޮނަމިކް މިނިސްޓްރީން ޝާއިރުކުރި ހަބަރެއްގަ އެވެ.

އެ ހަބަރުގައި ބުނެފައި ވަނީ، މި ވިޔަފާރި ބަނދަރު ތަރައްޤީކުރުމަކީ، ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅު ތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓަރ ސަޢީދު އެވެ. އެމް.ޕީ.އެލްގެ ފަރާތުން ސޮއިކުރެއްވީ، ސީއީއޯ އަދި އެމްޑީ (ޑީސީޕީ ރިޓަޔާޑް) މުހައްމަދު ރިޝްވާން އެވެ.

މިކަމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ ދ. ކުޑަހުވަދޫ ވިޔަފާރި ބަނދަރުގެ މަޝްރޫޢަކީ ސަރަޙައްދީ ގޮތުން ބަލާއިރު ވަރަށް އެކަށޭނަ، މަޢުޤޫލު މަޝްރޫޢެއް ކަމުގައި ސިފަ ކުރައްވާފައި އެވެ.

އޮޕަރޭޝަނަލް ވިޔަފާރި ބަނދަރެއްގެ ގޮތުގައި ދ. ކުޑަހުވަދޫ ވިޔަފާރި ބަނދަރު، އެ މަނިކުފާނުގެ ވެރިކަމުގެ މި ދައުރު ތެރޭގައި ހައްދަވައިދެއްވާނެ ކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާ ދެއްވާފައިވެ އެވެ.

ކުޑަހުވަދޫ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެމްޕީއެލްގެ ސީއީއޯ އަދި އެމްޑީ (ޑީސީޕީ ރިޓަޔާޑް) މުހައްމަދު ރިޝްވާން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ