ގައުމީ ސަލާމަތާ ބެހޭ އޮޕަރޭޝަނުގެ މައުލޫމާތު ހޯދަން 241 ކޮމިޓީން ނިންމައިފި

Advertisement

އެންމެ ފަސް

Advertisement

ފުލުހުންނާ ސިފައިން ގުޅިގެން ރޭ މާލެ ސަރަހައްދުގައި ކުރިއަށް ގެންދިޔަ ގައުމީ ސަލާމަތާ ބެހޭ އޮޕަރޭޝަންގެ މައުލޫމާތު ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ނިންމައިފި އެވެ.

މި ނިންމުން ނިންމާފައިވަނީ މިއަދު ބޭއްވުނު 241 ކޮމިޓީގެ ބައްދަލުވުމުގައެވެ.

އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ސަލާމަތީ ބާރުތަކުން ރޭ މާލެ ސަރަހައްދުގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ. މި އޮޕަރޭޝަނުގައި މާލޭގެ ބައެއް ގެތަކާއި އެކި ސަރަހައްދުތަކުގެ އިތުރުން ހުޅުމާލޭގެ ވިނަރެސް ފްލެޓު އަދި އެހެން ސަރަހައްދުތަކުގައި ވެސް ފުލުހުންނާއި ސިފައިން ހަރަކާތްތެރިވެފައިވެއެވެ.

241 ކޮމިޓީގެ ބައްދަލުވުމުގައި ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ވަނީ މި އޮޕަރޭޝަނުގެ މަޢުލޫމާތު ކޮމިޓީއާ ހިއްސާކޮށްފައިވޭތޯ ކޮމިޓީގެ މުގައްރިރު އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމްއާ ސުވާލުކުރައްވާފައެވެ. އެ މަޢުލޫމާތު ހިއްސާކޮށްފައި ނުވާ ކަމަށް ސަލީމް ވިދާޅުވުމުން، ޝާހިދު ވަނީ ކޮމިޓީއަށް ހުށަހެޅޭ މައްސަލަތައް ރައްޔިތުންނަށް ސާފުކޮށްދޭން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

މި ކަމާ ގުޅިގެން ކޮމިޓީގެ މުގައްރިރު އަހުމަދު ސަލީމް ވިދާޅުވެފައިވަނީ އެ އޮޕަރޭޝަނުގެ މަޢުލޫމާތު ހޯދުމަށް ކޮމިޓީން ޑިފެންސް މިނިސްޓްރީއަށް ސިޓީއެއް ފޮނުވާނެ ކަމަށެވެ.

މި އޮޕަރޭޝަން ފެށުނު ފަހުން ރޭ ޖުމްހޫރީ މައިދާނު ކައިރިން ދުއްވާފައި ދިޔަ ލޮރީއެއް ހުއްޓުވާ އެ ލޮރީ ދުއްވަން އިން މީހާ ހައްޔަރުކުރި އެވެ. މީގެ އިތުރުން ރާޅުގަނޑު ސަރަހައްދުގައި ހުރި ގެއެއްވެސް ބަލާ ފާސްކޮށްފައިވެ އެވެ.

މި އޮޕަރޭޝަންގައި މާލޭގެ އިތުރުން ހުޅުމާލެ ފޭސް 2 ގެ ވިނަރެސް 7 ވަނަ ފްލެޓު ސަރަހައްދުގައިވެސް ފުލުހުންނާ ސިފައިން ވަނީ ހަރަކާތްތެރި ވެފަ އެވެ. އަދި ޝަބްނަމް މަގުގައި ހުރި ގެއަކާއި ސެނަހިޔާ ކައިރީ ހުރި ގަރާޖެއްވެސް ބަލާ ފާސް ކުރި އެވެ.

241 ކޮމެޓީ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ރައްޔިތުންގެ މަޖިލިސް އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) އެމްއެންޑީއެފް މިނިސްޓްރީ އޮފް ޑިފެންސް ދިވެހި ފުލުހުންގެ ޚިދުމަތް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ