އިސްޓާކީނު ތެރޭގައި ބަހައްޓާ ތަކެތި ގާތް ރައްޓެހިންނަށް އިނގޭނެ: މެންބަރު ޝާޑު

Advertisement

އެންމެ ފަސް

Advertisement

ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ކޮންގްރެސް ހައުސްގައި ރޭ ކުރިއަށް ގެންދިޔަ އިހުޔާ ފޯރަމްގެ ތެރެއިން ނަގާފައިވާ ފޮޓޯއަކުން ފެންނަނީ އިސްޓާކީނު ތެރޭގައި ސިނގިރޭޓު ފޮށި އޮތްތަންކަމަށް ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު (ޝާޑު) ވިދާޅުވެއްޖެ އެވެ.

ސޯޝަލް މީޑީއާގައި އެ ފޮޓޯ ދައުރު ކުރުމަށް ފަހު ގިނަ ބަޔަކު ވަނީ އެއީ ލޮކޭޝަން ބެލުމަށް އަޅުވާ އެންކަލް މޮނީޓަރެއްކަމަށް ބުނެފަ އެވެ.

އިސްޓާކީނު ތެރޭގައި އޮތީ ކޯއްޗެއްކަން ހޯދުމަށް ޖަވިޔަނި ނޫހުން ޝާޑުއަށް ގުޅާލުމުން ޝާޑު ވިދާޅުވީ އެވާހަކަ އަޑު އިވުމާއެކު ފުރަތަމަވެސް ފެށުނީ ހޭންކަމަށެވެ. އަދި އޭނާ ދަންނަ މީހުންނަށާއި ރައްޓެހިންނަށް އެއީ ކޯއްޗެއްކަން އިނގޭނެކަމަށް ޝާޑު ވިދާޅުވި އެވެ.

ދަންނަ ވަރަށް ގިނަ މީހުންނަށާއި ރައްޓެހިންނަށް އިނގޭނެ އެއީ ކޯއްޗެއްކަން. އަޅުގަނޑު ޖީބަކަށް ނުލަން ތަޅުދަނޑި ފައްޗާ ސިނގިރޭޓު ފޮއްޓަކާ. ރައްޓެހިންނަށް އިނގޭނެ އެއް އިސްޓާކީނަށް ތަޅުދަނޑި ފަތި ލައިފިއްޔާ އަނެއް އިސްޓާކީނަށް ސިނގިރޭޓު ފޮށިކަން ލާނީ. ފޮޓޯއިން އެ ފެންނަނީ އަސްލު ސިނގިރޭޓު ފޮއްޓެއް.

ޝާޑު ވިދާޅުވީ އެއްވެސް މީހަކު އޭނާގެ ލޮކޭޝަން ބަލަން ޖެހޭކަމަށް ނުދެކޭ ކަމަށާއި އިސްޓާކީނު ތެރެއަށް އެތަކެތިލުން އެއީ އާ ކަމެއް ނޫން ކަމަށެވެ. އަދި ރޭ މާ ބޮޑަށް ފާހަގަވީ ފައިކުރި މާ ކުރު ފަޓުލޫނެއް ލައިގެން އިންނެވުމުންކަމަށް ޝާޑު ވިދާޅުވި އެވެ.

އިސްޓާކީނު ތެރެއަށް ސިނގިރޭޓު ފޮއްޓާއި ތަޅުދަނޑި ފަތި ލާއިރު ޝާޑުގެ ފަޓުލޫނުގެ އެއް ޖީބުގައި އޮންނަނީ ފޯނެވެ. އަދި އަނެއް ޖީބުގައި ބާއްވަނީ އައިނުކަމަށް ޝާޑު ވަނީ ވިދާޅުވެފަ އެވެ.

ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ކޮންގްރެސް ޕާޓީ ޕީއެންސީ ހައުސް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ