އިޒްރޭލް ޕާސްޕޯޓް މަނާކުރާ އިސްލާހު ޖުލައި މަހުގެ ނިޔަލަށް ނިންމަނީ

Advertisement

އެންމެ ފަސް

Advertisement

އިޒްރޭލް ޕާސްޕޯޓުގައި ރާއްޖެއަށް ނާދެވޭ ގޮތަށް ހެދުމަށް އިމިގްރޭޝަން ގާނޫނަށް ހުށަހެޅި އިސްލާހުގެ މަސައްކަތް ނިންމާ ތާރީހު ފަސްކޮށްފި އެވެ.

އިމިގްރޭޝަންގެ ޤާނޫނަށް އިސްލާހު ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމެވެ.

މި އިސްލާހުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީން މީގެކުރިން ނިންމާފައިވަނީ އެ އިސްލާހުގެ މަސައްކަތް 2025 ވަނަ އަހަރުގެ ފެބްރުއަރީއަށް ނިންމުމަށެވެ.

ނަމަވެސް މިއަދު ބޭއްވި ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީގެ ބައްދަލުވުމުގައި ނިންމާފައިވަނީ ޖުލައި މަހުގެ ނިޔަލަށް މި މަސައްކަތް ނިންމުމަށެވެ.

މި ބިލިގެ މަސައްކަތް ކުރިއަށްގެންދާއިރު ރާއްޖޭގައި އުފެދައިފައިވާ ސިޔާސީ ޕާޓީތަކާއި، ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ މަޓީ އަދި އެހެންވެސް އެންޖީއޯތަކާ ބައްދަލުކުރުމަށް ކޮމިޓީން ނިންމާފައިވެ އެވެ.

މީކާއިލް އިސްލާހު ހުށަހަޅާފައިވަނީ އިމިގްރޭޝަން ޤާނޫނުގެ 8 ވަނަ މާއްދާ ”ރާއްޖެ އެތެރެވުމުގެ ހުއްދަނެތް މީހުން“ މި މާއްދާއަށެވެ. މީކާއިލް ހުށަހަޅާފައިވަނީ އިޒްރޭލުގެ ޕާސްޕޯޓް ގެންގުޅޭ މީހުން އަދި އިޒްރޭލުގެ ޕާސްޕޯޓުގެ އިތުރަށް އެހެން ގައުމެއްގެ ޕާސްޕޯޓް ގެންގުޅޭ މީހުންވެސް ރާއްޖެ އެތެރެވުން މަނާކުރުމަށެވެ.

241 ކޮމެޓީ ރައްޔިތުންގެ މަޖިލިސް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ