ސިއްރުން ރާއްޖެއަށް 200 ކާޓަން ސިނގިރޭޓު އެތެރެކުރި މައްސަލަ ބަލަނީ

Advertisement

އެންމެ ފަސް

Advertisement

ދިވެހިރާއްޖެއަށް 200 މާސްޓަރ ކާޓަން މެންޗެސްޓަރ ސިނގިރޭޓް ސިއްރުން އެތެރެކުރި މައްސަލައެއް ދިވެހި ފުލުހުންގެ ޚިދުމަތާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ގުޅިގެން ތަޙްޤީޤުކުރަން ފަށައިފި އެވެ.

ފުލުހުން މިއަދު ހާމަކުރި ގޮތުގައި މި މައްސަލައިގައި ތުހުމަތު ކުރެވެނީ ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑްގެ ފޮރިންގޮއިންގ އުޅަނދެއް ކަމަށްވާ ދަ ހޯކްސް ޖަވާހިރު ބޯޓުން މި ސިނގިރޭޓްތައް ރާއްޖެއަށް އެތެރެކޮށްފައިވާ ކަމަށެވެ. މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ގޮތުގައި، 2024 އޮކްޓޯބަރ 24 ވަނަ ދުވަހު ރާއްޖެއަށް އައި ދަ ހޯކްސް ޖަވާހިރު ބޯޓުން މި ސިނގިރޭޓްތައް ބޯޓުގެ މެނިފެސްޓުގައި ނުހިމަނައި ރާއްޖެއަށް ގެނެސްފައިވެއެވެ.

ފުލުހުން އިތުރަށް ބުނީ، 2024 އޮކްޓޫބަރު 25 ވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި ކ. ތިލަފުށީގައި ހުންނަ ހޯކްސް ބޯޓު ޔާޑުގެ ޖެޓީއަށް މި ސިނގިރޭޓްތައް ބާލައިގެން ސިއްރުން ދިވެހިރާއްޖެއަށް އެތެރެކޮށްފައިވާ ކަމަށެވެ.

މި މައްސަލައިގެ ތަޙްޤީޤު ބިނާވެފައިވަނީ މައިގަނޑު ދެ ކުށެއްގެ މައްޗަށް ކަމަށް ފުލުހުން މ ފުލުހުން މަޢުލޫމާތު ދިނެވެ. އެއީ ކަސްޓަމްސްގެ ޤާނޫނުގެ ދަށުން ދިވެހިރާއްޖެއަށް ސިއްރުން މުދާ އެތެރެކުރަން އުޅުމުގެ ކުށާއި، މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ޤާނޫނުގެ ދަށުން މަނީ ލޯންޑްރިންގ ކުށެވެ.

މި މައްސަލައާ ގުޅިގެން އިތުރު ތަފްސީލު ހާމަކުރެވޭނީ ތަޙްޤީޤު ކުރިއަށްދާ މިންވަރަކުން ކަމަށް ފުލުހުން ބުނެފައިވެ އެވެ.

ހޯކްސް ޕްރައިވެޓް ލިމިޓެޑް ކަސްޓަމްސް ދިވެހި ފުލުހުންގެ ޚިދުމަތް ތިލަފުށި

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ