މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިސާބަށް ބަދަލު ގެނެސްފި

Advertisement

އެންމެ ފަސް

Advertisement

މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިސާބަށް ބަދަލު ގެނެސްފި އެވެ.

ދިވެހިރާއްޖޭގެ ޒަކާތާ ބެހޭ އިދާރާއިން ހާމަކުރި ގޮތުގައި، ދިވެހިރާއްޖޭގައި މުދަލު ޒަކާތް ނެރޭނީ ރިހީގެ އަގަށް ބެލުމަށްފަހުގަ އެވެ. މިގޮތުން ކަނޑައެޅި އައު ނިޞާބުގައިވާ ގޮތުން، ރިހީގެ ގްރާމަކަށް 14.79 ރުފިޔާގެ ރޭޓުން 595 ގްރާމަށްވާ 8,800.05 ރުފިޔާއަކީ މުދަލު ޒަކާތް ނެރުން ވާޖިބުވާ އަދަދެވެ.

ޒަކާތާ ބެހޭ އިދާރާއިން އިތުރަށް ހާމަކުރި ގޮތުގައި، މީހެއްގެ މިލްކިއްޔާތުގައި ނިޞާބު ހަމަވާ މިންވަރަށް ފައިސާ ހުރެ، އެ ފައިސާ ހުންނަތާ ހިޖްރީ ގޮތުން އެއް އަހަރު ވުމުން، ޝަރުޢީ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިން އޭގެ 40 ބައިކުޅަ އެއްބައި (2.5%) ޒަކާތުގެ ގޮތުގައި ނެރެންޖެހެ އެވެ.

މި ނިޞާބަކީ 22 ޖަނަވަރީ 2025 އިން ފެށިގެން ޢަމަލުކުރަން ފަށާ އަދަދެވެ. އަދި މިއީ ޒަކާތާ ބެހޭ އިދާރާއިން ޢަމަލުކުރަމުންދާ އުޞޫލުތަކާ އެއްގޮތަށް ކަނޑައަޅާފައިވާ އަދަދެއްކަން އެ އިދާރާއިން ފާހަގަކޮށްފައިވެ އެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް މުދަލު ޒަކާތް މޯލްޑިވްސް ޒަކާތު ހައުސް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ