މާލޭ ސިޓީ ކައުންސިލުން 2023 ވަނަ އަހަރަށް 487 މިލިއަން ރުފިޔާގެ ބަޖެޓެއް މިއަދު ފާސްކޮށްފިއެވެ.
މި ބަޖެޓު ފާސްކުރީ މާލޭ ސިޓީ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ 178 ވަނަ ރަސްމީ އާންމު ޖަލްސާގައެވެ.
މާލޭ ސިޓީ ކައުންސިލުން ދެއްވި މަޢުލޫމާތުގައިވާ ގޮތުން، މި އަހަރަށް ފާސްކުރި ޖުމުލަ ބަޖެޓަކީ 487،225،846.50 ރުފިޔާއެވެ.
ބަޖެޓާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން، މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަޙުމަދު ނަރީޝް ވިދާޅުވީ، މާލޭގައި އާންމުކޮށް ނުގެންގުޅޭ ބާވަތުގެ ވެހިކަލްތައް ކައުންސިލްގައި ހުރި ކަމަށާއި، މިފަދަ ވެހިކަލްތަކުގެ ބޭނުން ހިފުމަށް ކުންފުނިތަކާއި އަމިއްލަ ފަރާތްތަކުން އެދެމުންދާ ކަމަށެވެ. އަދި މިފަދަ ވެހިކަލްތައް އިތުރަށް ހޯދައި، ކުއްޔަށް ދިނުމުން ކައުންސިލަށް ރަނގަޅު އާމްދަނީއެއް ލިބުމުގެ ފުރުސަތު އޮތް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެކުރެއްވި އެވެ.
ހަމައެއާއެކު، ކައުންސިލަރު މުޙައްމަދު ސައިފު ފާތިޙު ވިދާޅުވީ، ކޮންމެ އަހަރެއްގެ ދައުލަތުގެ ބަޖެޓުން މާލޭ ސިޓީ ކައުންސިލަށް ދޭން ޤާނޫނުގައި ކަނޑައަޅާފައިވާ މިންވަރު ނުލިބޭ ކަމަށެވެ. މިއީ ކައުންސިލްގެ މާލީ ޙާލަތަށް އަސަރުކުރާ ކަމެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.
މި ބަޖެޓު ފާސްކުރުމާއެކު، މާލޭ ސިޓީ ކައުންސިލުން މި އަހަރު ކުރިއަށް ގެންދާނެ މަޝްރޫޢުތަކާއި ޚިދުމަތްތައް ފުޅާކުރުމަށް މަގުފަހިވެގެންދާނެ އެވެ.