ވަގަށް ނެގި ލެޕްޓޮޕްތައް ހޯދައިފި

Advertisement

އެންމެ ފަސް

Advertisement

ވަގަށް ނެގި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ލެޕްޓޮޕްތައް ހޯދައިފި އެވެ.

ފުލުހުން ވަނީ ވަގަށް ނެގި 5 ލެޕްޓޮޕް ހޯދައިފާވާކަން ކަށަވަރުކޮށްދެއްވާފަ އެވެ. މި ލެޕްޓޮޕްތަކުގައި ތަހުގީގަށް ބޭނުންވާ އެއްވެސް މައުލޫމާތެއް ހުރިކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.

ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ އެޗްޑީސީން ކަމަށާއި ގެއްލިފައިވަނީ ފަރުކޮޅުފުށީގައި ހުރި އެޗްޑީސީގެ ޕްރޮޖެކްޓް އޮފީހުގައި ހުރި 5 ލެޕްޓޮޕް ކަމަށެވެ.

މި މައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތް މިވަގުތު ހުރީ މަސްތުވާތަކެތީގެ މައްސަލައެއްގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށުގައިކަމަށް ޝިފާން ވިދާޅުވި އެވެ. އަދި ތަހުގީގަށް އޭނާ އެއްބާރުލުން ދިންކަމަށްވެސް ވިދާޅުވެފައިވެ އެވެ.

މީގެ އިތުރުން އެޗްޑީސީގެ އިތުރު ލެޕްޓޮޕްތަކެއް ގެއްލިފައިވާކަމަށްވެސް ސޯޝަލް މީޑިއާގައި ދަނީ ފެތުރެމުންނެވެ. ނަމަވެސް އެފަދަ ރިޕޯޓެއް އަދި ލިބިފައިނުވާކަމަށް ޝިފާން ވަނީ ވިދާޅުވެފަ އެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު ޝިފާން އެޗްޑީސީ ހިޔާނަތް ދިވެހި ފުލުހުންގެ ޚިދުމަތް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ