އަމާޒަކީ ލޯ ސީޒަންގެ ފަތުރުވެރިކަން 15 އިންސައްތައިން އިތުރު ކުރުން ކަމުގައި ފަތުރުވެރިކަމާއި ބެހޭ ވަޒީރު ފައިސަލް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިގޮތަށް ވިދާޅުވީ މިއަދު ފެށި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އާއި ފަތުރުވެރިކަމާ ބެހޭ މިނިސްޓްރީ ގުޅިގެން އިންތިޒާމުކޮށްގެން ބާއްވާ ފަތުރުވެރިކަމާ ބެހޭ މަހާސިންތާ 2024 ގައެވެ.
މި މަހާސިންތާގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ފަތުރުވެރިންގެ އަދަދުތަކަށް ވުރެ މުހިންމީ ރާއްޖެ އައިސް ހޭދަ ކުރާ މިންވަރު އިތުރު ކުރުން ކަމަށެވެ. އަދިދެމެހެއްޓެނިވި ފަަތުރުވެރިކަމެއް ކުރެވޭނީ ދާއިރާ ސިންދަފާތުކޮށް، ދަތިތައް ދެނެގަނެވިގެން ކަމުގައި ފައިސަލް ވިދާޅުވި އެވެ.
”މި ގައުމުގައި ފަތުރުވެރިކަން ދެމެހެއްޓުމަށް އުފެއްދުންތެރި ގޮތްތައް ބޭނުންކުރަންޖެހޭ. މި ސިމްޕޯޒިއަމްގައި ފަތުރުވެރިކަމުގެ ދާއިރާ ސިންދަފާތުކުރުމާއި ދާއިރާ ކުރިއެރުވޭނެ ގޮތްތަކާއި އެކި ބާވަތްތަކުގެ ފަތުރުވެރިކަން ރާއްޖެއަށް ތަޢާރަފްކުރުމާ ބެހޭގޮތުން މަޝްވަރާކުރެވޭނެ.“
މިނިސްޓަރުގެ އިތުރުން މި މަހާސިންތާގައި އެމްއެމްޕީއާރްސީގެ އެމްޑީ އިބްރާހީމްު ޝިއުރީވެސް ބައިވެރިވެވަޑައިގަތެވެ. ފައިސަލްގެ މި ވާހަކައަށް ބާރުދެއްވަމުން ޝިއުރީ ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ސިންދަފާތުކޮށް ކުރިއެރުވިދާނެ ކަމަށެވެ.
”ހަމައެކަނި ގުދުރަތީ ވަސީލަތް ވިއްކައިގެން ނޫން ފަތުރުވެރިން ރާއްޖެއަށް ގެންނަން ޖެހޭނީކީ. ތަފާތު ފަތުރުވެރިކަމުގެ ބާވަތްތައް ރާއްޖޭގައި ފުޅާކުރަންޖެހޭ. މެޑިކަލް، ކަލްޗަރަލް، އެޑްވެންޗަރަލް، ފިލްމް އެކްސްޕީރިއަންސް ޓޫރިޒަމް ރާއްޖެއަށް ފުޅާކުރެވިދާނެ. ރާއްޖެއަށް އެކި ބާވަތުގެ ފަތުރުވެރިން ހިމެނޭ ބޮޑު މާކެޓެއް ގެންނަންޖެހޭ.“ ޝިއުރީ ވިދާޅުވި އެވެ.
މި މަހާސިންތާގައި ފަތުރުވެރިކަމަށް އާ ސެގްމަންޓްތައް ތައާރަފު ކުރުމަށް މަޝްވަރާ ކުރުމަށް ވަނީ އެޖެންޑާ ކުރެވިފައިއެވެ. އަދި މީގެ އިތުރުން ޕެނަލް ޑިސްކަޝަން އަކާއި ގްރޫޕް ޑިސްކަޝަންތައްވެސް ކުރިޔަށް ގެންދިއުމަށް ވަނީ ނިންމާފަ އެވެ.
އެމްއެމްޕީއާރްސީ އިން ބުނެފައިވާ ގޮތުގައި މި މަހާސިންތާގެ މަޤްޞަދަކީ ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ކުރިއެރުވުމަށްޓަކައި ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުން ދާއިރާގެ ފަރާތްތަކާއި މަޝްވަރާކޮށް، އައު ޚިޔާލުތަކާއި ވިސްނުންތައް ދެނެގަތުމެވެ.
ކުރީގެ ޓުއަރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް މިނިސްޓްރީ އޮފް ޓޫރިޒަމް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)



