ސައުތު އޭޝިއަން އެސޯސިއޭޝަން ފޮރ ރީޖަނަލް ކޯޕަރޭޝަން (ސާކް) ގެ ސެކްރެޓަރީ ޖެނެރަލް، އެމް.ޑީ. ގޮލަމް ސަރުވާރު މަގާމާ ހަވާލުވެވަޑައިގެންނެވުމަށްފަހު ތައާރަފް ވުމުގެ ދަތުރުފުޅެއްގައި އިއްޔެ ރާއްޖެ ވަޑައިގެންފި އެވެ.
ސަރުވާރު 15 ވަނަ ސާކް ސެކްރެޓަރީ ޖެނެރަލް ގެ މަގާމާއި ހަވާލުވެވަޑައިގެންފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރ މަހުގަ އެވެ.
އޭނާގެ މި ދަތުރުގައި ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވާނެ އެވެ. މީގެ އިތުރުން މިނިސްޓަރ އޮފް ފޮރިން އެފެއާޒް، މޫސާ ޒަމީރުގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރެއްވުމުގެ އިތުރުން، ފޮރިން ސެކްރެޓަރީ ފާތުމަތު އިނާޔާ އާ ބައްދަލުކުރެއްވުމަށްވެސް ހަމަޖެހިފައި ވެއެވެ.
މި ދަތުރުގައި ސަރުވާރާއި އެކު އަނބިކަނބަލުން ތަސްލީމާ ސަރުވާރު އަދި ސާކް ސެކްރެޓޭރިއެޓް ޑިރެކްޓަރ، ޝާހިޔާ އަލީމަނިކް އަދި ބަވެޝް ރ. ޓްރިވެޑީ ބައިވެވެރިވަޑައިގަންނަވަ އެވެ.
ދަތުރު ނިންމެވުމަށްފަހު އޭނާ ފުރާވަޑައިގަތުމަށް ހަމަޖެހިފައިވަނީ 8 އޮގަސްޓް ގައެވެ.
