ސޯލިހުގެ އެމެރިކާ ދަތުރުފުޅުގެ ރަސީދު ހާމަކޮށްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެމެރިކާއަށް ކުރެއްވި ދަތުރުފުޅެއްގެ ރަސީދު ރައީސް އޮފީހުން ހާމަކޮށްފި އެވެ.

ރައީސް އޮފީހުން މި ރަސީދުތައް ހާމަކޮށްފައިވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެމެރިކާއަށް ކުރެއްވި ދަތުރުގެ ހަރަދުތަކުގެ ތަފްސީލު ލިޔެފައިވާ ރަސީދުތައް ހާމަކުރުމާ ދެކޮޅަށް ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅި އިސްތިއުނާފު އެޓާނީ ޖެނެރަލްގެ އޮފީހުން އަނބުރާ ގެންދިއުމުން ނެވެ.

2022 ވަނަ އަހަރު އދ. ގައި ތަގުރީރު ކުރެއްވުމަށް ސޯލިހު ކުރެއްވި ދަތުރުފުޅަށް ދިޔަ ހަރަދުތައް ހާމަކުރުމަށް އިންފޮމޭޝަން ކޮމިޝަނަރު ނެރުއްވި އަމުރަށް މިދިޔަ އަހަރު ހައިކޯޓުން ތާއީދުކޮށްފައި ވެއެވެ.

މި މައުލޫމާތު ހާމަކުރުމަށް ކުރީގެ ”ދިޔަރެސް“ ނޫސްވެރިޔާ އަދި މިހާރުގެ ހިތަދޫ  މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ވަނީ އެދިވަޑައިގެންފަ އެވެ. އެކްސްގައި އިއްޔެ ކުރެއްވި ޕޯސްޓެއްގައި އަޒާން ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާމަކަން ބޮޑު ސިޔާސަތުގެ ދަށުން ހާމަކޮށްފައިވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގެ ރަސީދުތައް އޭނާއަށް މިހާރު ލިބިވަޑައިގެންފައިވާ ކަމަށެވެ.

މިދިޔަ ހަފްތާގައި ސުޕްރީމް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ދައުލަތުގެ ސްޓޭންޑް ދިފާއުކޮށް، ކުރީގެ ރައީސް ސޯލިހުގެ ދަތުރުފުޅުގެ ހަރަދުގެ ރަސީދުތައް ހާމަކުރަން ނުޖެހޭ ކަމަށް ޕްރޮސެކިއުޝަނުން ބުނެފައި ވެއެވެ. އެވަގުތު ރަސީދުތައް ހާމަކޮށްފައި ނުވި ނަމަވެސް ދަތުރުގެ ހަރަދުތައް ކުރިން ދައްކާފައިވާކަން ދައުލަތުން ފާހަގަކުރި އެވެ.

މަޖިލިސް މެންބަރު އަޒާން ވަނީ ދައުލަތުގެ ފަރާތުން ދެއްކި ވާހަކަތަކާ މެދު ސޯޝަލް މީޑިއާގައި ހިތްހަމަނުޖެހުން ފާޅުކުރައްވާފަ އެވެ.

ނަމަވެސް އެޓާނީ ޖެނެރަލްގެ އޮފީހުން މިދިޔަ ހަފްތާގެ އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ވަނީ އިތުރު ތަހުގީގުތަކަށް ފަހު މައްސަލަ އަނބުރާ ގެންދަން ނިންމިކަން އިއުލާންކޮށް، ހައިކޯޓުން އަންގާ ގޮތަށް ރަސީދުތައް ހާމަކުރާނެ ކަމަށް ބުނެފަ އެވެ.

މީގެ ކުރިން ދައުލަތުން ބުނަމުން އައީ ރަސީދުތަކަކީ މައުލޫމާތެއްގެ ގޮތުގައި ނުބެލެވޭ ކަމަށާއި ހަރަދުތަކާ ގުޅޭ ރަސީދުތަކުގެ ތަފްސީލަކީ އާންމުކޮށްފައިވާ މައުލޫމާތު ތަކެއް ކަމަށެވެ.

 

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ