އޭޓީއެފް މޯލްޑިވްސް ޖޫނިއާ އޯޕަންގެ ސެމީގައި ރާއްޖޭގެ ހަތަރު ކުޅުންތެރިން

Advertisement

އެންމެ ފަސް

Advertisement

މާލޭގައި މިހާރު ކުރިޔަށްދާ އޭޓީއެފް މޯލްޑިވްސް ޖޫނިއާ އޯޕަންގެ ސެމީ ފައިނަލުން ރާއްޖޭގެ ހަތަރު ކުޅުންތެރިން ޖާގަ ހޯދައިފިއެވެ.

މި މުބާރާތުގެ އަންހެން ސިންގަލްސްގެ ސެމީ ފައިނަލުން ޖާގަ ހޯދާފައިވަނީ ނަބާ ނިޝާން، ކިޔާރާ އުސާމާ އަލީ، މަންހާ މުހައްމަދު އަލީ އަދި އަޒިތާ އާއިޝަތު ޔާމީން އެވެ.

ނަބާ ސެމީ ފައިނަލަށް ދަތުރުކުރީ މިއަދު ކުޅުނު ކުއާޓާ ފައިނަލުގައި ރާއްޖޭގެ އައިޝަތު ކަރިން ސައިޒަން 2-1 ސެޓުން ބަލިކުރުމަށްފަހުއެވެ. މި މެޗުގެ ފުރަތަމަ ސެޓު 4-6 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ކަރިން އެވެ. ނަބާ ވަނީ ކުޅުން ރަނގަޅުކޮށް، ޖެހިގެން އައި ދެ ސެޓު 6-1 އަދި 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައެވެ.

މިއަދު ކުޅުނު ކުއާޓާގައި ކިޔާރާ ވަނީ ސީދާ ދެ ސެޓުން އިންޑިއާގެ އަހާނާ ދަސް ބަލިކޮށްފައެވެ. ކިޔާރާ ސެޓުތައް ކާމިޔާބުކުރީ 6-0 އަދި 6-2 ގެ ނަތީޖާއަކުންނެވެ.

މަންހާ ސެމީ އިން ޖާގަ ހޯދީ މިއަދު ދެ ސެޓުން ރާއްޖޭގެ މަލްޝާ މުހައްމަދު ބަލިކުރުމަށްފަހުއެވެ. މަންހާ ސެޓުތައް ކާމިޔާބުކުރީ 6-1 އަދި 6-3 ގެ ނަތީޖާއަކުންނެވެ.

ރާއްޖޭގެ އަޒިތާ އަށް ސެމީ އިން ޖާގަ ލިބުނީ ޒީ ލިން ލިމް މެޗު ދޫކޮށްލުމުންނެވެ.

މި ނަތީޖާތަކާއެކު، އަންހެން ސިންގަލްސްގެ ސެމީގައި ވާދަކުރާނީ ރާއްޖޭގެ ހަތަރު ކުޅުންތެރިންނެވެ. މިއާއެކު، މި އިވެންޓުގެ ހުރިހައި މެޑަލްއެއް ލިބޭނީ ރާއްޖެއަށެވެ.

ޓޭބަލް ޓެނިސް އެސޯސިއޭޝަން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ