ރާއްޖެއަށް ހިޖުރަކުރާ ދޫނި ހިފާނަމަ ފިޔަވަޅު އަޅާނަން: އީއާރްއޭ

Advertisement

Advertisement

އެންމެ ފަސް

Advertisement

އިރުވައި މޫސުމަށް ރާއްޖެ ހިޖުރާ ކުރާ ދޫނި ހިފައި ގެންގުޅުމަކީ މަނާކަމެއް ކަމަށާއި، އެ ފަދަ އަމަލުކުރާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެކަމަށް އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރްއޭ) އިން ބުނެފި އެވެ.

އީއާރްއޭ އިން ބުނީ، ކޮންމެ އަހަރަކު ވެސް މިދުވަސްވަރާ ދިމާކޮށް ހިޖުރަކުރާ ގިނަ ބާވަތްތަކެއްގެ ދޫނިތައް މަޅިފަތިޖަހައިގެން ހިފައި ފިޔަކޮށާ އަދި ކޮށިތަކުގައި ބަންދުކޮށް ގެންގުޅޭކަމަށާއި މިފަދަ ދޫނީގެ ވިޔަފާރި ކުރުމަށާއި އޮޅު ދޫނި ގޮތުގައި ހިފާ ގެންގުޅޭ ކަމުގެ މައުލޫމާތު އެ އޮތޯރިޓީއަށް ލިބެމުންދާ ކަމަށެވެ.

މި ދޫނިތަކަކީ އެހެން ގައުމުތަކުން ރާއްޖެ އަށް އަންނަ ދޫނިތަކަށް ވުމުން އެ އެއްޗެހި ހިފައިގެންގުޅުމުގެ ސަބަބުން، ރާއްޖެ ބައިވެރިވެފައިވާ ތަފާތު ބައިނަލްއަގުވާމީ މުއާހަދާތަކާ ވެސް ހިލާފުވާ ކަމަށް އީއާރްއޭ އިން ބުނެފައިވެ އެވެ. މިގޮތަށް ހިޖުރަކުރާ ދޫނިތަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމަކީ އދ. ގެ ކޮންވެންޝަން އޮން މައިގްރޭޓަރީ ސްޕީޝީޒްގެ ދަށުން ރާއްޖޭގެ ޒިންމާއެއް ކަމަށް ވެސް އީއާރްއޭ ބުނެފައިވެ އެވެ.

އެހެންކަމުން، މިފަދަ އަމަލުތައް ކުރާ ފަރާތްތަކަށް މިކަންކަމުން ދުރުހުހެލިވުމަށާއި، ހިފާފައިވާ ދޫނިތައް ވެސް ދޫކޮށްލުމަށް އެއޮތޯރިޓީއިން ވަނީ އަންގައިފަ އެވެ. ޤަވާއިދާ ޚިލާފަށް މި ފަދަ ދޫނިތައް ހިފާ ގެންގުޅޭ އަދި މި ދޫނިތައް ގަނެވިއްކައި އެތަކެތީގެ ވިޔަފާރިކުރަމުންދާ ފަރާތްތައް ޖޫރިމަނާ ކުރެވޭނެ ކަމަށް އީއާރްއޭއިން ބުނެފައިވެ އެވެ.

މިފަދަ ފަރާތްތަކުގެ މައުލޫމާތު ޙިއްސާކުރުމަށް އެދޭކަމަށާއި އެ ފަރާތްތަކުގެ މަޢުލޫމާތު އޮތޯރިޓީގެ ހޮޓްލައިން 7980379 ނުވަތަ އީމެއިލްއަށް ހިއްސާކުރުމަށް އީއާރްއޭ އިން ވަނީ އެދިފަ އެވެ.

އެންވަޔަރަންމަންޓަލް ރެޖިއުލޭޓަރީ އޮތޯރިޓީ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ