މި ސަރުކާރުން ނުކުޅެދުންތެރިކަން ހުންނަ 350 ފަރާތަކަށް ވަޒީފާ ދީފައިވޭ: މިނިސްޓަރު

Advertisement

Advertisement

އެންމެ ފަސް

Advertisement

މި ސަރުކާރުން ނުކުޅެދުންތެރިކަން ހުންނަ 350 ފަރާތަކަށް ވަޒީފާގެ ފުރުސަތު ހަމަޖައްސަވާ ދެއްވާފައިވާ ކަމަށް އިޖުތިމާއީ ތަރައްގީ އާ ބެހޭ ވަޒީރު ޑރ. އާއިޝަތު ޝިހާމް ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރާ ބައިނަލްއަގްވާމީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދުވަހާ ގުޅިގެން ދެއްވި މެސެޖެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޝިހާމް ވިދާޅުވީ އިޖުތިމާއީ ރައްކައުތެރިކަން އެންމެ ބޭނުންވާ އެއް ގިންތިއަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ކަމަށެވެ. އެ ފަރާތްތަކުގެ ޙައްޤުތައް ކަށަވަރުކޮށް، އެފަރާތްތައް ބާރުވެރިކުރުމަކީ އޯގާތެރި މުޖުތަމަޢުއެއް ޤާއިމްކޮށް، ހަރުދަނާ ޢާއިލާތަކެއް ބިނާކުރުމުގެ އެއް އަސާސް ކަމަށާއި، އަދި އެއީ ސަރުކާރުގެ ވަރަށް މުހިއްމު އެއް އަމާޒު ކަމަށް ވެސް ޝިހާމް ވިދާޅުވި އެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހިދުމަތް ދިނުމުގައި ތިން މުހިންމު ކަމެއް ފާހަގަ ކުރަންޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ފުރަތަމައީ ޅަފަތުގައި ނުކުޅެދުންތެރިކަން ދެނެގަނެ ފަރުވާ ދެވޭނެ ހަރުދަނާ ނިޒާމެއް ގާއިމްވެފައި އޮތުމުގެ މުހިންމުކަމެވެ. ދެވަނައީ ސުކޫލު މަރުހަލާ ނިންމާ ގާބިލް ފަރާތްތަކަށް އާމްދަނީ ހޯދޭނެ ހަރުދަނާ ނިޒާމެއް ބޭނުންތެރިކަމާއި، އެ ފަރާތްތަކަށް ދިރިއުޅުމުގެ ތަފާތު ހުނަރުތައް ލިއްބައިދޭން ޖެހުމެވެ. އަދި ތިންވަނައީ ސިޔާސަތު ތަންފީޒު ކުރުމުގައި ގުޅުން ހުރި މުހިންމު ދާއިރާތައް ގުޅިގެން އެކުގައި މަސައްކަތް ކުރުމުގެ ބޭނުންތެރިކަމެވެ.

މިނިސްޓަރު ޝިހާމް ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ލާބަޔަށް ކުރައްވާ މަސައްކަތްތައް ފާހަގަކުރައްވާފަ އެވެ.

”ޚާއްޞަކޮށް މިފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ފަހިކޮށްދެއްވުމަށް މި ދައުރުގައި މިހާތަނަށް 350 ވަޒީފާގެ ފުރުޞަތު ވަނީ ހަމަޖައްސަވާ ދެއްވާފައި. މިއީ ވަރަށް މުހިއްމު އެހާމެ ބޭނުންތެރި ނިންމެވުމެއް.“

ކޮންމެ އަހަރެއްގެ ޑިސެންބަރު މަހުގެ ތިން ވަނަ ދުވަސް ފާހަގަކުރަނީ ބައިނަލް އަގްވާމީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދުވަހުގެ ގޮތުގައެވެ. މި ދުވަހުގެ މަގްސަދަކީ އެ ފަރާތްތަކުގެ ޙައްޤުތައް ކަށަވަރު ކުރުމާއި ބާރުވެރިކުރުމުގައި ކޮންމެ ފަރުދެއްގެވެސް ޒިންމާއެއް އޮންނާނެކަން ހަނދާންކޮށްދިނުމެވެ.

މި އަހަރުގެ ޝިއާރަކީ ނުކުޅެދުންތެރިކަން ހުންނަ މީހުން ހިމެނޭ މުޖުތަމައުތަކުން އިޖްތިމާޢީ ކުރިއެރުމަށް މަގުފަހިކުރުން އެވެ.

އިޖުތިމާއި އަދި އާއިލީ ތަރަށްގީއާއި ބެހޭ މިނިސްޓަރ އާއިޝަތު ޝިހާމް މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ