ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ހަތަރު މެންބަރުން އައްޔަންކޮށްފި

Advertisement

އެންމެ ފަސް

Advertisement

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) ގެ މެންބަރުކަމަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ހަތަރު ބޭފުޅަކު ޢައްޔަންކުރައްވައިފި އެވެ.

މިއީ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ޤާނޫނުގެ 11 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތީން އެންއައިސީއަށް އައްޔަން ކުރެއްވި ހަތަރު ބޭފުޅުންނެވެ.

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ މެންބަރުކަމަށް ރައީސް މުއިއްޒު ޢައްޔަންކުރެއްވި ހަތަރު ބޭފުޅުންނަކީ ދަފްތަރު. ނަންބަރު ރސ 1188، ޝުޢައިބު ޢަބްދުއްރަޙްމާނާއި، ދަފްތަރު. ނަންބަރު ރސ 12854، ޝިފާޒު ޢަލީއާއި، ދަފްތަރު. ނަންބަރު ރސ 1851، ޢަލީ މުޙައްމަދުމަނިކު އަދި ގދ. ތިނަދޫ މާކޯޅި، ފާޠިމަތު ޝަރީފެވެ.

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަކީ ޖުމްލަ 5 (ފަހެއް) މެންބަރުންގެ މައްޗަށް އެކުލެވިގެންވާ މިނިވަން މުއައްސަސާއެކެވެ. މި ކޮމިޝަން އުފައްދާފައިވަނީ ޤާނޫނު ތަންފީޛުކުރާ އިދާރާތަކާއި، އެ އިދާރާތަކުގައި މަސައްކަތްކުރާ މުވައްޒަފުންނާ ގުޅޭ މައްސަލަތައް ބަލައި، ފިޔަވަޅުއަޅާނެ އިޖުރާއަތުތަކާއި އުސޫލުތައް ކަނޑައެޅުމަށެވެ. އަދި ކޮމިޝަނުގެ ޤާނޫނު ތަންފީޛުކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމަކީވެސް މި ކޮމިޝަނުގެ މައިގަނޑު މަސްއޫލިއްޔަތެކެވެ.

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ